ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ތުލުސްދޫއަށް ބަދަަލުކޮށްދޭން ރަކީދޫ ރައްޔިތުން ރައީސް އަރިހުގައި އެދިއްޖެ

ވ.ރަކީދޫގައި މިވަގުތު ދިރިއުޅެނީ އެންމެ 61 މީހުންނެވެ. ކުޑަ ރަށެއްގައި ތިބެގެން ދައުލަތުން އެމީހުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ބޮޑު ހޭދައެއް ކުރަންޖެހި، އެކަށީގެންވާ ގޮތެއްގައި ހިދުމަތް ނުލިބި ތިބުމުގެ ބަދަލުގައި އެ ރަށު ރައްޔިތުން ބޭނުންވަނީ އާބާދީ ބޮޑު ވަސީލަތްތައް ތަނަވަސްވެފައިވާ ތަރައްގީގެ ފުރުސަަތުތައް ފަހި ރަށަކަށް ބަދަލުވުމެވެ.

މިއީ އިއްޔެއަކު މިއަދަކު ރަކީދޫ ރައްޔިތުން ދައްކާ ވާހަކައެއް ނޫނެވެ. އެކަމަށް އެދި ރަކީދޫ ރައްޔިތުން އެ ވާހަކަދައްކާތާ ލައްކަ ދުވަސްވެއްޖެއެވެ. ނަމަވެސް އެއްވެސް ސަރުކާރަކުން މިހާތަނަށް އެ ރައްޔިތުންގެ އެ އެދުމަށް އިޖާބަދީފައި ނުވެއެވެ.

ވ.އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ރަކީދޫއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރެއްވި ޒިޔާރަތުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވި ކުރެއްވުމުގައި އެ ރަށު ރައްޔިތުން އެމަނިކުފާނާ ހިއްސާކުރީ އެ ރަށުން ބަދަލުވާން ބޭނުންވާ ބޭނުންވުމެވެ.

ރަކީދޫ ރައްޔިތުންގެ ފަރާތުން ވާހަކަދެއްކެވި އެ ރަށުގެ އަންހެނުންގެ ކޮމިޓީގެ ރައީސާ ޑރ.ވާރިސާ މުހައްމަދު ވިދާޅުވީ އެ ރަށު ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަކީ ވަރަށް ގިނަ ދުވަސްވީ ވާހަކައެއް ކަމަށެވެ. އަދި ރައްޔިތުން އެދެނީ މާލޭ ސަރަހައްދުން އަސާސީ ހިދުމަތްތަަކާއި ވަސީލަތްތައް ފަހިވެފައިވާ ރަށަކަށް ބަދަލުކޮށްދިނުން ކަމަށެވެ.

ވާރިސާ ފާހަގަކުރެއްވި ގޮތުގައި އެ ރަށު ރައްޔިތުން ރަށުގައި ދިރިއުޅެނީ ތައުލީމު ހާސިލުކުރުމަށް ދަރިން މާލެއަށް ނުވަތަ އެހެން ރަށަކަށް ފޮނުވުމަށްފަހުއެވެ. އެއީ ވަރަށް ހިތްދަތި ކަމެއް ކަމުގައި ވާރިސާ ފާހަގަކުރެއްވިއެވެ.

އެ ރަށު ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާ ވިދާޅުވި ގޮތުުގައި ހައުސިން މިނިސްޓްރީގެ ޓީމެއް އެ ރަށަށް ޒިޔާތްކޮށް ރައްޔިތުންނާ ބަދަލުކޮށް ރަށުން ބަދަލުވުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި ރަށުގައި އެއިރު ތިބި 61 މީހުން ބައިވެރިވިއިރު އެއިން 41 މީހުން އެދުނީ ތުލުސްދޫއަށް ބަދަލުކުރުމަށެވެ. 19 މީހަކު އެދުނީ މާލެ ކައިރިން ތަނެއް ހިއްކައިގެން އެތަނަށް ދިއުމަށެވެ. އެކަކުވަނީ ރަށުން ބަދަލުވާން ނޭދޭކަން ހާމަކޮށްފައެވެ.

މިއަދުގެ ބައްދަލުވުމުގައިވެސް ރަށުގެ ރައްޔިތުންގެ ތެރެއިން އިސްރަށްވެއްސަކުވަނީ އެ ރަށުން ބަދަލުވާން އޭނާ ބޭނުންނުވާކަން ހާމަކޮށްފައެވެ. އަދި އިތުރު މީހަކުވަނީ މީހުން ދިރިއުޅޭ ރަށަކަށް ބަދަލުކުރުމުގެ ބަދަލުގައި މާލެ ކައިރިން ބިމެއް ހިއްކުމަށްފަހު އެތަނަށް ބަދަލުކޮށްދޭން ރައީސް އަރިހުގައި އެދިފައެވެ.

ރަށު ރައްޔިތުންގެ ވާހަކަތަކަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މީގެ ކުރިން އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވި ކުރެއްވުމުގައި ރަށުން ބަދަލުވާން ރައްޔިތުން ބޭނުންވާކަން ވަރަށް ސާފުކޮށް އެމަނިކުފާނުގެ އަރިހުގައި ކައުންސިލާއި ޑަބްލިއުޑީސީން ދަންނަވާފައިވާ ކަމަށެވެ. މި ބައްދަލުވުމުގެ ބޭނުމަކީ ރަށުގެ ރައްޔިތުން އެކަމުގައި ބޭނުންވާ ގޮތް ސީދާ ރައްޔިތުންގެ އަރިހުން އޮޅުންފިލުވުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“މި ރަށުގެ ކައުންސިލާއި ޑަބްލިއުޑީސީއާ ކުރިން ބައްދަލުވި. އެފަހަރު ވަރަށް ކްލިއާ މެސެޖެއްގެ ގޮތުގައި އަޅުގަނޑަށް ދެއްވި މެސެޖަކީ މި ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވޭ މާލެ ކައިރީ ތަނަކަަށް ބަދަލުވާން. އެހެންވީމާ އެކަމުގައި އެކަމުގައި ދެން އަޅަންވީ އަމަލީ ފިޔަވަޅު އެޅުމަށްޓަކައި ހުރިހާ ރައްޔިތުންނާއެކުގައި މިތަނަށް އައިސް ބައްދަލުކޮށްލަން ބޭނުންވީ،” ރައީސް ވިދާޅުވިއެވެ.

ރައީސްވަނީ ރަކީދޫ ރައްޔިތުން އެ ރަށުން ބަދަލުކުރަން ނިންމި ނަމަވެސް އެ ރަށުގައި މިހާރު ހިނގަމުންދާ ޓޫރިޒަމް ވިޔަފާރިތަކަށް ގެއްލުންވާނެ ގޮތަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވ.އަތޮޅު ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރެވިއްޖެ

TTH_advertisement