ކުއްލި ޚަބަރު

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

މަނަދޫގެ ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި

112

ޑިޒައިން އެންޑް ބިލްޑްގެ އުސޫލުން ނ. މަނަދޫގެ ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އާރްޑީސީ)އާއެކު ސޮއިކޮށްފިއެވެ.

މިއީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

މި މަޝްރޫޢުގެ ދަށުން އެ ރަށުގައި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިން ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި އަދި އައުޓް ފޯލްއެއް އެޅުމުގެ އިތުރުން އެއާ ގުޅުންހުރި މަސައްކަތްތައް ކުރުން ހިމެނެއެވެ.

މި އެއްބަސްވުމުގައި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ އިބްރާހީމް ނަޒީމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ހަސަން ރަޝީދުއެވެ. 

މި މަޝްރޫއު ނިމުމުން، މަނަދޫގެ ރައްޔިތުންނަށް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ހިދުމަތް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މަނަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށިފައިނުވަނީ ވެސް ނަރުދަމާގެ މަސައްކަތް ނުނިމޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިން ރަށެއްގެ މަގުހެދުން އާރްޑީސީއަށް

Image 20

މާމިގިލީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިނިސްޓަރު މުއްތަލިބު ފައްޓަވައިދެއްވައިފި

Large thumb

މަނަދޫ އައު މިސްކިތް ރަސްމީކޮށް ހުޅުވައިފި

778

ގެމަނަފުށީ މިސްކިތުގެ މަސައްކަތް ނިންމަން އާރްޑީސީން ތައްޔާރުވެއްޖެ

TTH_advertisement