ކުއްލި ޚަބަރު

އެސްޑީއެފްސީގެ ޑިރެކްޓަރުންގެ ބޯޑަށް ކަލާމް އައްޔަންކޮށްފި

އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ ކަންކަން ކަނޑައެޅުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނަގަނީ

މޯލްޑިވްސް ނޭޝަނަލް ސާރވިސްގެ ފުރަތަމަ ބުރަށް ހޮވުނު 340 ބައިވެރީން ފުރައިފި

އެސްޑީއެފްސީގެ ޑިރެކްޓަރުންގެ ބޯޑަށް ކަލާމް އައްޔަންކޮށްފި

Hassan kalaam (1)

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ނޮން އެގްޒެކްޓިވް ޑިރެކްޓަރއެއްގެ ގޮތުގައި ހަސަން ކަލާމް އައްޔަންކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އިސްލާމިކް ބޭންކިން އޮފިސަރުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ހަސަން ކަލާމް އަކީ ފައިނޭންޝަލް ސާވިސަސް އަދި ބޭންކިންގް އިންޑަސްޓްރީ ގައި 13 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އަކީ އެ ބޭންކުގެ އިސްލާމިކް ބޭންކިން ހިދުމަތްތައް ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކޮށްދެއްވާފައިވާ ލައިސެންސްޑް ޝަރީއާ އެޑްވައިޒަރެކެވެ.

ކަލާމް ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކްފައިނޭންސް (އައިއެންސީ އީއައިއެފް) އިން މާސްޓާސް ޑިގްރީ އިން އިސްލާމިކް ފައިނޭންސް ހާސިލުކުރައްވާފަ އެވެ. އަދި ކަލާމްއަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް އިސްލާމިކް ފައިނޭންސް ޕްރޮފެޝަނަލްސްގެ ސީނިއަރ އެސޯސިއޭޓް މެންބަރެއްވެސްމެއެވެ.

މި އައްޔަންކުރުމާއެކު، އެސްޑީއެފްސީގެ ބޯޑުގެ ޑިރެކްޓަރުންނަކީ:

1. މުޙައްމަދު ޝަރީފް، މ. އިފާއު، މާލެ

2. ބަދުރުއްދީން ހަސަން، ހިކިފިނިފެންމާގެ، ހދ. ކުޅުދުއްފުށި

3. ފާތިމަތު ފާރިހަތު ވަހީދު، ގ. މާވެހި، މާލެ

4 .ހަސަން ކަލާމް، ގ. ގުޑް ލައިފް، މާލެ

5. ފާޠިމަތު ޢަޒްމާ، ނަރސަރީ، މިސްކިތްމަގު، ޏ. ފުވައްމުލައް

6. އަޙްސަލް މުޙައްމަދު، ބަޝީމާގެ، ހއ. ހޯރަފުށި

7. ޠިމަތު ޔަމްނާ، އަލިމަސްވިލާ، ސ. މީދޫ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ ކަންކަން ކަނޑައެޅުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނަގަނީ

MPL Rishvan

އެމްޕީއެލްގެ އެޕެރެންޓިޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި

މޯލްޑިވްސް ނޭޝަނަލް ސާރވިސްގެ ފުރަތަމަ ބުރަށް ހޮވުނު 340 ބައިވެރީން ފުރައިފި

MIB Islamic bank

ފަންސަވީސް ވަނަ ދުވަހުން ފެށިގެން އިސްލާމިކް ބޭންކުގައި ޗައިނީޒް ޔުއާން ބޭނުންކުރެވޭނެ: އެމް.އައި.ބީ

TTH_advertisement