ކުއްލި ޚަބަރު

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ސަރުކާރުން ނޫސްވެރިންގެ ޚިޔާލުތަކަށް އިޙްތިރާމްކޮށް އަޑު އަހައިފި: ހަލީލު

Raees muiz

މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު އިސްލާހުކުރުމުގައި ދިވެހި ސަރުކާރުން ނޫސްވެރިންގެ ޚިޔާލުތަކަށް އިޙްތިރާމްކޮށް، އެ ޚިޔާލުތައް ބިލަށް ގެނެވުނު އިސްލާހުތަކުގައި ހިމަނާފައިވާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އޮފް ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޚަލީލު ވިދާޅުވެއްޖެއެވެ.

“އަޅުގަނޑު ދަންނަވާނީ ދިވެހި ސަރުކާރުން، މިއަދުގެ ސަރުކާރުން ނޫސްވެރިންގެ އަޑު އަހައިފިއޭ. ނޫސްވެރިން ބޭނުންވި، ނޫސްވެރިން ފާޅުކުރި ޝުޢޫރުތަކާ އެކީގައި، އެ ޚިޔާލުތަކާއި އެ މަޝްވަރާތަކާ އެކީގައި އެޓާނީ ޖެނެރަލް ބިލަށް އިސްލާހުތަކެއް ހުށަހެޅި، އެ އިސްލާހުތަކާ އެކީގައި ފާސްވެގެން އެ ދިޔައީ. އެހެންވީމާ ސަރުކާރުން ނޫސްވެރިންގެ އަޑު އަހައިފި. މިއަކަށް ދެބަހެއް ނުވެވޭނެ،” ޚަލީލު

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ގިނަ އިސްލާހުތަކަކާއެކު މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ފާސްކޮށްފައެވެ. އެހެންނަމަވެސް، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށް ބުނެ، ކޮމިޓީ ބައްދަލުވުމަށް ހާޒިރުވި ނޫސްވެރިން އިހުތިޖާޖުކުރަމުން ދިޔައެވެ.

މީޑިއާ ބިލާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މީރުމާގައި ރޭ ބޭއްވުނު “ނޫސްވެރިންގެ ފޯރަމް” ގައި ވާހަކަފުޅު ދައްކަވަމުން ޚަލީލު ވިދާޅުވީ، ބިލު ހުށަހެޅުމާ ގުޅިގެން ނޫސްވެރިން ދިޔައީ އެ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ޝުޢޫރުތައް ފާޅުކޮށް، އަދި ސޯޝަލް މީޑިއާގެ ޒަރީޢާއިން އިސްލާހުތައް ހުށަހަޅަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

401488 728dbdff 0

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

Badhuru

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

Mal

ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި

TTH_advertisement