ފ. ނިލަންދޫއިން ގެއްލިގެން ރޭ އިރާކޮޅުން ފެށިގެން ހޯދަމުން ދިޔަ 14 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި ކުއްޖާ ފެނިފައި ވަނީ ރޭ މެންދަމުން އަލިވެ 2:40 ހާއިރުއެވެ. އަދި ފެނުނުއިރު ކުއްޖާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭގެ 22:15 ހާއިރުއެވެ. އެ ކުއްޖާގެ ޚަބަރެއް ނުވެގެން ހޯދަން ފެށީ، އިއްޔެގެ ހަވީރުން ފެށިގެން އާޢިލާއަށް ޚަބަރެއްވެފައި ނުވާތީކަމަށް އާޢިލާއިން ވަނީ ހާމަކޮށްފައެވެ.
އެހެންކަމުން، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ ނިލަންދޫ ފުލުހުންނާއި، ރަށު ކައުންސިލާއި، ރައްޔިތުން ގުޅިގެންނެވެ.
މި މައްސަލައަކީ، ކުޑަކުއްޖަކާ ގުޅުންހުރި މައްސަލައަކަށް ވުމާއެކު، އެ ކުއްޖާއާ ގުޅޭ އިތުރު އެއްވެސް ތަފްޞީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު