ކުއްލި ޚަބަރު

އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ ކަންކަން ކަނޑައެޅުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނަގަނީ

މޯލްޑިވްސް ނޭޝަނަލް ސާރވިސްގެ ފުރަތަމަ ބުރަށް ހޮވުނު 340 ބައިވެރީން ފުރައިފި

ގާޒާ ސިޓީގައި ތިބި މިލިއަނަކަށްވުރެ ގިނަ މީހުން ރަށުން ފޭބުމަށް 48 ގަޑިއިރުގެ މުހުލަތު ދީފި

އަލިބާބާގެ ވޯކްޝޮޕަށް 448 ފަރާތަކުން ރަޖިސްޓްރީކޮށްފި

Mal

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން، ދުނިޔޭގެ އެންމެ ބޮޑު އެއް އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ އަލިބާބާ ޑޮޓް ކޮމްއާ ގުޅިގެން، ދިވެހި ވިޔަފާރިވެރިންނަށާއި އީ-ކޮމާރސްއަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ވޯކްޝޮޕަށް ރަޖިސްޓްރީވުމުގެ ފުރުޞަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު، ޖުމުލަ 448 ފަރާތަކުން ވޯކްޝޮޕަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މި ވޯކްޝޮޕަށް ރަޖިސްޓްރީކުރުމަށް ހުޅުވާލުމުން ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި 155 އަށް ވުރެ ގިނަ ފަރާތުން ރަޖިސްޓްރީވެފައިވާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ސަޢީދު މީގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވޯކްޝޮޕް ކުރިޔަށްދާނީ މިމަހުގެ 16 ވަނަ ދުވަހު އޮންލައިންކޮށް ކަމަށާއި، މިއީ ދިވެހި ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ މާކެޓްތަކަށް ނުކުތުމަށް ލިބިގެންދާނެ ރަނގަޅު ފުރުޞަތެއް ކަމަށެވެ.

މި ވޯކްޝޮޕްގައި މަޢުލޫމާތު ހިއްސާކުރައްވާނީ އަލީބާބާ.ކޮމް ގެ އެކްސްޕާރޓުންނެވެ. މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ، ދިވެހީންގެ ތެރޭގައި އޮންލައިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އަލިބާބާ.ކޮމްގެ ޕްލެޓްފޯމްގައި އެފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާރ އެކައުންޓް ހުޅުވޭނެ ފުރުސަތު ފަހިކޮށްދިނުމެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމުގައިވާ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމާރސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލާ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވުމަށް، ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދެވުމުގެ މަސައްކަތްކުރުމުގެ ތެރެއިން ހުޅުވިގެންދާ ފުރުސަތަކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ސަރުކާރު ބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ޝާހު މާހިރު

112

ލޮރީ ދިޔައީ މީހެއްގެ ގައިމަތިން، ހާލު ސީރިއަސް، އައިޖީއެމްއެޗްގައި ފަރުވާދެނީ

ރައީސް ނޭޕާލްގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

hulhumale

153 މިލިއަން ރުފިޔާއަށް ބީއެމްއެލް އިން ހުޅުމާލެއިން ބިމެއް ގަނެފި

TTH_advertisement