ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަގު ތަރައްޤީކުރުމުގެ މަސައްކަތް ނިމިއްޖެ

އައްޑޫ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ގަމުގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ނިމުމަކަށް ގެނެވިއްޖެއެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 4.3 ކިލޯމީޓަރުގެ މަގުތައް ވަނީ ތަރައްޤީކުރެވިފައެވެ.

އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދެކުނުގެ ތަރައްޤީއަށް އިންތިހާއަށް މުހިންމު މަޝްރޫޢެކެވެ. އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް ވޭތުވެދިޔަ އެކި ސަރުކާރުތަކުން މަސައްކަތްތަކެއް ކުރައްވާފައިވީ ނަމަވެސް، އެކަން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދިއުމުގެ މައިގަނޑު ސަބަބެއްކަމުގައި އެކި ފަރާތްތަކުން ފާހަގަކުރައްވަނީ އައްޑޫގެ އެއަރޕޯޓު ރަނގަޅު ފެންވަރަކަށް ތަރައްޤީވެފައި ނެތުމެވެ. މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އައްޑޫ ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ.

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ވަޙީދު ޙުސައިން ވިދާޅުވީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ މަގުތަކުގައި ކުރަހަންޖެހޭ ޓްރެފިކް ނިޝާންތައް ކުރެހުމުގެ މަސައްކަތްތައް ކަމަށެވެ.

މެނޭޖިންގ ޑިރެކްޓަރ އިތުރަށް ވިދާޅުވީ، އެއަރޕޯޓުގައި މިވަގުތު ކުރިއަށްދާ އެންމެ މައިގަނޑު މަސައްކަތަކީ އެއަރޕޯޓުގެ ޓަރމިނަލްގެ ދެފަރާތަށް އިތުރުކުރާ އެކްސްޓެންޝަން ޓަރމިނަލް ޢިމާރާތުގެ މަސައްކަތް ކަމަށެވެ. މިގޮތުން އެއްފަޅިއަށް 15 މީޓަރު އަދި އަނެއް ފަޅިއަށް 75 މީޓަރުގެ ޢިމާރާތެއް މިހާރު ހުރި ޓަރމިނަލްގެ ދެފަރާތުން ތަރައްޤީކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ތާވަލުގައިވާ ގޮތުން މިއަހަރުގެ ނިޔަލަށް މަސައްކަތް ނިންމުމަށް ރޭވިފައިވީ ނަމަވެސް، އެއަށްވުރެ މަސައްކަތް ދިގުލައިގެން ދިއުމުގެ ފުރުސަތު އޮތްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B F7gMakpcuvMg5eGLtcmDJWSOR

އައްޑޫގައި ކެތު ލެބްގެ ފުރަތަމަ ދެ ދުވަހު ހަ މީހަކަށް ފަރުވާދިން

އައްޑޫ ސިޓީ ފޭދޫން ގެއްލިގެން ހޯދަމުންދާ މީހާ އަދިވެސް ނުފެނޭ

އައްޑޫ ނޭޗާޕާކް ކައިރީގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ނިއްވާލައިފި

އައްޑޫ ހިތަދޫގައި މިސްކިތަކަށް ގެއްލުންދިން މައްސަލަ ބަލާ ފިޔަވަޅު އަޅާނެ: ޝަހީމް

TTH_advertisement