ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ބީއެމްއެލް ވާއު ކިޑްސް ރަން ކާމިޔާބުކަމާއެކީ ނިންމާލައިފި

Whatsapp image 2025 09 12 at 22.09.28

ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ “ބީއެމްއެލް ވައު ކިޑްޒް ރަން” ގެ މިއަހަރުގެ ދުވުން ކާމިޔާބު ކަމާ އެކު ނިންމާލައިފިއެވެ.

ހަތަރު އުމުރުފުރާއެއްގެ ޖުމްލަ 1000 އަށްވުރެ ގިނަ ކުދިން ބައިވެރިވި މި ދުވުން އޮތީ މިއަދު ހަވީރު ހުޅުމާލޭގައެވެ.

މިދުވުމުގެ އުމުރުފުރާތަކަކީ

  • 2 އަހަރާއި 3 އަހަރާ ދެމެދު
  • 4 އަހަރާއި 6 އަހަރާ ދެމެދު
  • 7 އަހަރާއި 9 އަހަރާ ދެމެދު
  • 10 އަހަރާއި 16 އަހަރާ ދެމެދު

ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފައެވެ. ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް އާއި ޗެއާޕަރސަން އަޙްމަދު ޢަލީ ހަބީބް އަދި ބޭންކުގެ އޮފިޝަލުން ދުވުން ނިންމި ކުދިންނަށް މެޑަލް ހަވާލުކޮށްދެއްވިއެވެ.

ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ކުޑަކުދިންނާއި ބެލެނިވެރީންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބޭ ދުވުމެކެވެ. މި އިވެންޓުގެ މަގްސަދަކީ ޖިސްމާނީ ދުޅަހެޔޮކަމާއި ދުޅަހެޔޮ ދިރިއުޅުމުގެ މުހިންމުކަން ފާހަގަކޮށް، އާއިލާތަކަށް މިފަދަ އާދަތައް އަށަގެންނެވުމަށް ހިތްވަރުދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml card

ބީއެމްއެލް ކްރެޑިޓް ކާޑުން ޑޮލަރު ލިބޭ މިންވަރު މިއަދުން ފެށިގެން އިތުރުވަނީ

ބީއެމްއެލްގެ “އެފޯޑަބަލް” 3،000 ފްލެޓް 2028 ވަނަ އަހަރުގެ މެދުތެރޭގައި ހަވާލުކުރަން ފަށާނެ: ޝަރީފު

WhatsApp Image 2026 01 31 at 13.54.42

ބޭންކް އޮފް މޯލްޑިވްސް އިން ކުޑަހުވަދޫގައި އާ ބްރާންޗެއް ހުޅުވައިފި

87

ބޭންކް އޮފް މޯލްޑިވްސް އިން ސްވައިޕްގެ ލިމިޓެޑް ރިލީޒްއަށް ރެޖިސްޓްރޭޝަން ހުޅުވާލައިފި

TTH_advertisement