ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

މިއަހަރުގެ މޯލްޑިވްސް ފައިނޭންސް ފޯރަމް ނިންމާލައިފި

ކާމިޔާބު މަޝްވަރާތަކަކަށް ފަހު މިއަހަރުގެ މޯލްޑިވްސް ފައިނޭންސް ފޯރަމް ނިންމާލައިފިއެވެ. މިއަހަރުގެ ފޯރަމް ބާއްވާފައިވަނީ މިމަހުގެ 10ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމް ނަމުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އެންމެ ފުރަތަމަ ފައިނޭންސް ފޯރަމެއް ބާއްވަވާފައިވަނީ 2012 ވަނަ އަހަރުއެވެ. ޕެންޝަން އޮފީހުން މައުލޫމާތުދެއްވާގޮތުގައި މޯލްޑިވްސް ފައިނޭންސް ފޯރަމް ނަމުގައި ޚާއްސަ ފޯރަމެއް ބޭއްވެވުމުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގެ މާލީ ދާއިރާގައި ހުރި ދަތިތައް ދެނެގަނެ، އެކަންކަމަށް ޙައްލުހޯދޭނޭ ޕްލެޓްފޯމެއް ޤާއިމްކުރެއްވުމެވެ.

ކޮންމެ އަހަރަކުވެސް ޚާއްސަ ޝިއާރެއްގެ ދަށުން މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރެވޭގޮތަށް އިންތިޒާމްކުރެވިގެން ކުރިއަށް ގެންދާ ފައިނޭންސް ފޯރަމްގެ މި އަހަރުގެ އެޑިޝަން ޚާއްސަކޮށްފައިވަނީ “ބިލްޑިންގް އަ ރެސިލިއެންޓް އެންޑް އިންކްލޫސިވް ކެޕިޓަލް މަރކެޓް”، މި މައުޟޫއަށެވެ.

މިއަހަރުގެ ފޯރަމްގައި ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓުގައި ވިޔަފާރިތަކަށާއި އިންވެސްޓަރުންނަށާއި އާންމު ފަރުދުންނަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާއި ބެހޭގޮތުން ހިޔާލުބަދަލުކޮށް، މަޝްވަރާކޮށްފައިވެއެވެ. އަދި މި ޝިއާރާއި ގުޅޭ އެކި މައުޟޫއުތަކަށް ޕްރެޒެންޓޭޝަންތަކާއި، ކީނޯޓް ސްޕީޗްތަކުގެ އިތުރުުން ޕެނަލް ޑިސްކަޝަންތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

މީގެ އިތުރުން، މިއަހަރުގެ ފައިނޭންސް ފޯރަމުގައި ދިވެހިރާއްޖޭގެ ފައިނޭންސް ދާއިރާގައި ޙަރަކާތްތެރިވާ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ. އަދި މި ފޯރަމްގައި މާލީ ދާއިރާގައި 31 އަހަރަށްވުރެ ގިނަ އަހަރު މަސައްކަތްކޮށްފައިވާ އިންޓަރނޭޝަނަލް އިންވެސްޓްމެންޓް މެނޭޖްމެންޓް ކޮންސަލްޓެންޓް، ހެންރީކް ކްރޫޒް ބައިވެރިވިއެވެ.

ފައިނޭންސް ފޯރަމް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވަނީ މިފަދަ ފޯރަމެެއް ރާއްޖޭގައި ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލާފައެވެ. އަދި މިފަދަ ފޯރަމްތަކުގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމުގެ ކުރިމަގު ބައްޓަންކުރެވިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމަކީ ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމުު ހަރުދަނާކޮށް ކުރިއެރުވުމަށް ޕެންޝަން އޮފީހުން ކުރަމުުންދާ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތެއްކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން މިއަހަރުގެ ފޯރަމުގައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތައް ހިމެނޭހެން 110 މަންދޫބުން ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Tourists

ޖަނަވަރީމަހު 224,788 ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ

mma

ރާއްޖޭގެ އިގްތިސާދަށް %8.6 ގެ ކުރިއެރުމެއް، ރިޒާވް އެއް ބިލިއަން ޑޮލަރާ ގާތަށް

tourist arrival

މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެ ލައްކަ

Amaan

މައްސަލަ ސާބިތުވުމުން އެފްއައިޔޫގެ ވެރިޔާގެ މަގާމުން ސާޖިދު ވަކިކޮށްފި

TTH_advertisement