ކުއްލި ޚަބަރު

ކުރީގެ ރައީސުންނާއި ކުރީގެ މެންބަރުންގެ ބައެއް އިނާޔަތްތައް ކަނޑާލަން ހުށަހަޅަން ސަރުކާރުން ނިންމައިފި

ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔުމަށް މިއަދު ގަލޮޅު ދަނޑުގައި ހާއްސަ ހަރަކާތެއް ބާއްވަނީ

ފޭދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ކުރީގެ ރައީސުންނާއި ކުރީގެ މެންބަރުންގެ ބައެއް އިނާޔަތްތައް ކަނޑާލަން ހުށަހަޅަން ސަރުކާރުން ނިންމައިފި

418723 b379c123 d

ކުރީގެ ރައީސުންނާއި ކުރީގެ މެންބަރުންގެ ބައެއް އިނާޔަތްތައް ކަނޑާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ވާނީ ނިންމާފައި ކަމަށެވެ. އަދި މީގެ އިތުރުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔާ ކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރެވެމުން ކަމަށް ވިދާޅުވިއެވެ.

އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔާވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހު ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެލަވަންސަކާއެކު ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާސިލުކުރަން ސްކޮލަރޝިޕްދެނީ

ޤައުމީ ޓީމަށް އެއަރޕޯޓުން ހޫނު މަރުޙަބާއެއް

ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔުމަށް މިއަދު ގަލޮޅު ދަނޑުގައި ހާއްސަ ހަރަކާތެއް ބާއްވަނީ

ކުޅުދުއްފުއްޓާއި އައްޑޫގައިވެސް އައިނު ފިހާރަ ހުޅުވާނީ

TTH_advertisement ELL Mobile Advertisement