ކުއްލި ޚަބަރު

ސާކްގެ ދައުރު އިތުރަށް ފުޅާކުރަން ރައީސް ގޮވާލައްވައިފި

ފުވައްމުލަކާއި އައްޑޫ ފިޔަވައި ހުރިހާ ސަރަޙައްދަކަށް ވައިޓް އެލާޓް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑުކޮށްފި

ކޮންމެހެން ދާންޖެހިގެން ނޫނީ ނޭޕާލަށް ނުދިޔުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި

66

ކޮންމެހެން ދާންޖެހިގެން ނޫނީ މިވަގުތު ނޭޕާލަށް ދިވެހީން ދަތުރުނުކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ނޭޕާލްގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އަމަލުކުރަންވީގޮތުގެ އިރުޝާދު އެ މިނިސްޓްރީގެ އިތުރުން އިންޑިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ދޭނެ ކަމަށެވެ.

އެ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށާއި، ހަމަނުޖެހުން ހިނގާ ސަރަހައްދުތަކާ ދުރުހެލިވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެއިތުރުން، ކަތަމަންޑޫގެ ގިނަ ސަރަހައްދުތަކެއްގައި ކާފިއު އިޢުލާންކޮށްފައިވާތީ، ކަތަމަންޑޫގައި ދިރިއުޅޭ ހުރިހާ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގުމައްޗަށް ނުނިކުތުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ނޭޕާލުގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ގައުމުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށް، ބޭނުންވާ ލުއިފަސޭހަތައް ހަމަޖައްސައިދިނުމަށް އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުންނާއި އެ މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އެ ގައުމުގައި ދިރިއުޅޭ ދިވެހީން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ ފޮރިން މިނިސްޓްރީގެ ހޮޓްލައިން ނަންބަރު ކަމަށްވާ 7983400 އަށް ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ނޭޕާލުގައި މުޒާހަރާތައް ފެށީ، އެ ގައުމުގައި ސައްހަ ނޫން މައުލޫމާތާއި ނަފުރަތު ފެތުރުވުން ހުއްޓުވުމަށް ކަމަށް ބުނެ، 26 ސޯޝަލް މީޑިއާ ޕްލެޓްފޯމް މަނާކުރުމާ ގުޅިގެންނެވެ.

އެ ގައުމުގެ ބޮޑުވަޒީރާއި ސަރުކާރުގެ ހުރިހާ އިސްވެރިން ވަނީ އިސްތިއުފާދީފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގައި ހުޅުޖަހައި އަންދާލާފައެވެ. އަދި ކުރީގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ދިރިހުއްޓާ ވަނީ އަންދާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިންސާނީ ޙައްޤުތަކާ ބެހޭ ރިވިއުގެ ވަރކިން ގުރޫޕުގައި ރާއްޖެއިން ބައިވެރިވާނެ: ޚާރިޖީ ވުޒާރާ

ޝިރުޒިމަތު އެންޓީގާ އެންޑް ބާބިއުޑާގެ ސަފީރަކަށް އައްޔަންކުރަން މަޖިލީހަށް

ބަނގުރަލުގެ މައްސަލައިގައި ނޭޕާލު ބަޔަކު ހައްޔަރަށް، ޑީޕޯޓުކުރަނީ

ސިޔާސީ ދާއިރާއިން އެއްބާރުލުން ދިނުމަށް ރާއްޖެއާއި މިޞްރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

TTH_advertisement