ކުއްލި ޚަބަރު

ސިޓީ ޕާކް ތަރައްގީކުރުމުގެ މަސައްކަތް އޮކްޓޯބަރު މަހަށް ނިންމަނީ

އެއާޕޯޓުގެ އެމަޖެންސީ އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބްރިޖު ބަންދުކުރަން ނިންމައިފި

ސިވިލް ސާވިސްގެ ޚިދުމަތުގެ މުއްދަތު ގުނާ ގޮތަށް ގެނައި ބަދަލު ބާތިލުކޮށްފި

ރަށު ފަތުރުވެރިކަމަށް ހާއްސަ ލޯން ސްކީމެއް ހުޅުވާލައިފި

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ރަށު ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން އިސްލާމީ ޝަރީޢާ ހުއްދަކުރާ ލޯން ސްކީމެއް ތައާރަފްކޮށް، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެސްޑީއެފްސީން ތައާރަފްކުރީ “ތިޖާރާ ރަށު ފަތުރު” އެވެ. ތިޖާރާ ރަށު ފަތުރު ފައިނޭންސިން އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިސްލާމީ ޝަރިޢާ ހުއްދަކުރާ ފައިނޭންސިން ޚިދުމަތް ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ޕްރޮޑަކްޓެކެވެ.

އިސްލާމީ ޝަރީޢާ ހުއްދަކުރާ ޑިމިނިޝިން މުޝާރަކާ އަދި މުރާބަޙާ އުޞޫލުން ފަރުމާކުރެވިފައިވާ މި ފައިނޭންސިންގެ ދަށުން ގެސްޓްހައުސް އިމާރާތްކުރުމާއި، ނުވަތަ ފަތުރުވެރިކަމުގެ ސިނާއަތުގައި ތަފާތު އެކި ވިޔަފާރި ހަރަކާތްތައް ހިންގުމަށް އެދި ހުށަހެޅޭނެކަމަށް އެކުންފުނިން ބުނެފައިވެއެވެ.

އަލަށް ހުޅުވާލި ފުރުސަތާއެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޝަރީޢާ ހުއްދަކުރާ މާލީ އުޞޫލުތަކާ އެއްގޮތްވާ މާލީ ޚިދުމަތްތައް ފޯރުކޮށްދެވޭނެކަމަށް އެސްޑީއެފްސީން ވަނީ ބުނެފައެވެ. މި ޚިދުމަތުގެ ދަށުން ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދީ ދުވެލި އިތުރުކުރުމަށާއި، އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަގުފަހިކުރެވޭނެކަމަށް އެސްޑީއެފްސީން ބުނެފައިވެއެވެ.

އެންމެ ގިނަވެގެން ފަސް މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ފޯރުކޮށްދޭއިރު، ފެސިލިޓީ ދެއްކުމަށް ގްރޭސް މުއްދަތުގެ ގޮތުގައި 18 މަސް ހިމެނޭހެން ގިނަވެގެން 10 އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް އެކުންފުނިން ވަނީ ނިންމައިފައެވެ. ފައިނޭންސިން ރޭޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ އަހަރަކަށް 9.5 އިންސައްތައެވެ.

ގެސްޓްހައުސް އިމާރާތްކުރުމަށް މުޅިން އަލަށްފަށާ ވިޔަފާރިތަކަށާއި މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް ދޫކުރުމަށް ކަނޑައަޅާފައިވާ އެންމެ ކުޑަ އަދަދަކީ 200،000 ރުފިޔާއެވެ. އެންމެ ބޮޑު އަދަދަކީ ފަސް މިލިއަން ރުފިޔާއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކަށް ދޫކުރެވޭ އެންމެ މަތީ އަދަދަކީ 1،500،000 މިލިއަން ރުފިޔާއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ގެސްޓްހައުސް އިމާރާތްކުރުން ފިޔަވައި، ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކަށެވެ. އޭގެތެރޭގައި ޑައިވް ސެންޓަރުތައް ހިންގުމާއި ވޯޓަރ ސްޕޯޓްސް ސެންޓަރުތައް ގާއިމުކުރުން ހިމެނެއެވެ.

ފައިނޭންސިން ދޫކުރާ ބޭނުންތައް:
އަލަށް ފަށާ ގެސްޓްހައުސް ވިޔަފާރިތައް: އާ ގެސްޓްހައުސްތައް އިމާރާތްކުރުމަށް
މިހާރު ހިނގަމުންދާ ގެސްޓްހައުސް ވިޔަފާރިތައް މަރާމާތުކޮށް ތަރައްޤީކުރުމަށް: އޭގެތެރޭގައި،
ހިނގަމުންދާ ގެސްޓްހައުސްތައް މަރާމާތުކުރުމަށް، އިތުރު ކޮޓަރި ނުވަތަ ފެސިލިޓީތައް އިތުރުކުރުމަށް، ގެސްޓްހައުސްގެ ފެންވަރު ރަނގަޅުކުރުމަށް (އަޕްގްރޭޑްކުރުމަށް) ކުރުން ހިމެނޭ.
ގެސްޓްހައުސް ވިޔަފާރިއާއި ގުޅުންހުރި ވިޔަފާރިތައް ކުރިއެރުވުމަށް: އޭގެތެރޭގައި،
ޓުއަރ އޮޕަރޭޓިންގ ޚިދުމަތްތަކަށް، ވޯޓަރ ސްޕޯޓްސް ފަދަ އެކްޓިވިޓީތައް ތަޢާރަފުކުރުމަށް، ގެސްޓްހައުސްގައި ރެސްޓޯރަންޓް ނުވަތަ ކެފޭ ފަދަ ތަންތަން ހެދުމަށް.
ޓެކްނޮލޮޖީ ބޭނުންކޮށްގެން ވިޔަފާރި ކުރިއެރުވުމަށް: އޭގެތެރޭގައި،
އޮންލައިން ބުކިން ސިސްޓަމްތައް ޤާއިމުކުރުމަށް، ވެބްސައިޓް އަދި މޮބައިލް އެޕްލިކޭޝަން ތައްޔާރުކުރުމަށް•
އެސްޑީއެފްސީގެ ޕޯޓަލް މެދުވެރިކޮށް ލޯން ސްކީމަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ރަސްމީކޮށް ވަނީ ހުޅުވާލާފައެވެ. އެޕްލިކޭޝަން ހުށަހަޅާނީ އެސްޑީއެފްސީގެ ވެބްސައިޓް www.sdfc.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ރައްކާ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

66

ސިޓީ ޕާކް ތަރައްގީކުރުމުގެ މަސައްކަތް އޮކްޓޯބަރު މަހަށް ނިންމަނީ

Big po0hfpy8gevvv588vtyhcx0kw

ސޯޝަލް މީޑިއާއިން ބިރުދައްކައި ފައިސާ ފޭރިގަތް ދެމީހަކު ފުލުހުން ހައްޔަރުކޮށްފި

މިއަހަރުގެ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ފަށައިފި

ELL Mobile Advertisement TTH_advertisement