ކުއްލި ޚަބަރު

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި

ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ރެހެންދި ސްކޫލުގައި ހަރަކާތްތެރިވަނީ

މާދަމާރޭ ހިފާ ހަނދުކޭތައާއި ގުޅިގެން ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރާނެ

އަލަށް އެކުލަވާލި ގާނޫނުގެ ދަށުން ހައްޔަރުކުރި މީހުންގެ ފޮޓޯ އާންމުކޮށްފި 

police

ކުށް ކުރުމަށް ބޭނުންކުރި މުދަލާއި ފައިސާ އާއި ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށާއި ކުށް ކުރާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ހިމަނައިގެން ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހައްޔަރުކުރި މީހުންގެ ފޮޓޯ ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ބުނީ މާލެ ތެރޭގައި ނުރައްކާތެރި ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕުތަކުން އިންތިޒާމުވެގެން ނުރައްކާތެރި ކުށްކުރުމަށް ރާވައި، އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު އަދި އާލާތްތައް އެފަރާތްތަކުން ސޭފްހައުސްގެ ގޮތުގައި ބޭނުންކުރަމުންދާ ތަންތަނަށް ޖަމާކޮށް ނުރައްކާތެރި ކުށްތައް ކުރަން އުޅޭކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހެންވޭރުގައި ހުންނަ ގެއެއް ކޯޓު އަމުރެއްގެ ދަށުން މިމަހުގެ ތިންވަނަ ދުވަހު ބަލައި ފާސްކުރި އިރު، އެ ގެއިން ތޫނު ހަތިޔާރު ފެނިފައިވާ ކަމަށެވެ.

އެ މައްސަލައިގައި މއ. މޯނިންގވިޔު، އަހުމަދު ނަވާޒު (30އ) އާއި މއ. މޯނިންގވިޔު، އިބްރާހީމް ޒައިދާން (22އ) އަދި ލ. މާބައިދޫ، ބަށިމާގެ، މުހައްމަދު ޝިދާދު (22އ) ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ނަވާޒު 30 ދުވަހަށް، އިބްރާހީމް ޒައިދާން އާއި މުހައްމަދު ޝިދާދު 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އެ އަމުރު ކޯޓުން ކޮށްފައިވަނީ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

419343 4ae86ad9 3

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި

ބްރެޒިލްގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

Original 1757223274145

ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ރެހެންދި ސްކޫލުގައި ހަރަކާތްތެރިވަނީ

66

ތިނަދޫ ރޯ ހައުސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

TTH_advertisement ELL Mobile Advertisement