ކުއްލި ޚަބަރު

ރިސޯޓެއްގައި ނިޔާވި އަދީލް އޮޓޮޕްސީ ހެދުމަށް ފަހު ވަޅުލައިފި

ހައިވޭގައި ޕިކަޕެއް ފުރޮޅާލައި އެކްސިޑެންޓެއް

މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑް 2025 އަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވިނަރެސްގައި ހުންނަ އެޗްޑީސީގެ އޮފީހުން މިހާރު ބިލުތައް ދެއްކޭނެ

112

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު ހައެއްގައި ގާއިމުކޮށްފައިވާ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކަސްޓަމާ ކެއާ އޮފީސް މެދުވެރިކޮށް، މިހާރު އެޗްޑީސީއަށް ދައްކަންޖެހޭ ބިލުތައް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މި އޮފީސް ހުޅުވާފައިވަނީ މިދިޔަ މެއި މަހު، އެޗްޑީސީން ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ގޮތަކަށް، ފަސޭހައިން އެޗްޑީސީގެ ކަސްޓަމާ ކެއާ މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ މަގު ފަހިކުރުމަކީ މި އޮފީސް ގާއިމުކުރުމުގެ މައިގަނޑު އެއް ބޭނުން ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ވިނަރެސްގެ ހަވަނަ ޓަވަރުގެ އެއްވަނަ ފަންގިފިލާގައި ގާއިމުކޮށްފައިވާ މި އޮފީހުން ކަސްޓަމަރުންނަށް މައުލޫމާތު ސާފުކޮށްދިނުމާއި، އެކި ކަހަލަ ފޯމު އެޕްލިކޭޝަންތަކާއި ފައިސާ ބަލައިގަތުމުގެ ޚިދުމަތް ވެސް މިހާރު ލިބޭނެ ކަމަށް އެޗްޑީސީން ފާހަގަކޮށްފައިވެއެވެ.

ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު ފަހު 02:00 އަށް މި އޮފީސް ހުޅުވާފައި ހުންނާނެއެވެ.

މީގެ ކުރިން ‘ހިޔާ’ ޓަވަރުގައި ގާއިމުކޮށްފައިވާ އެޗްޑީސީގެ އޮފީސް ދާއިމީކޮށް ބަންދުކުރުމާ ގުޅިގެން، އެ އޮފީހުން ދެމުންއައި ހުރިހާ ޚިދުމަތެއް މިހާރު ލިބޭނީ ވިނަރެސްގައި ހުންނަ އެޗްޑީސީ އޮފީހުންނެވެ.

އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަނުން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަނީ ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރިސޯޓެއްގައި ނިޔާވި އަދީލް އޮޓޮޕްސީ ހެދުމަށް ފަހު ވަޅުލައިފި

B 202509050334371757068477.2117

ހައިވޭގައި ޕިކަޕެއް ފުރޮޅާލައި އެކްސިޑެންޓެއް

B 202507280537121753706232.324

މޯލްޑިވިއަނުން ޗައިނާގެ ތިން ސިޓީއަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

66

މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑް 2025 އަށް ކުރިމަތިލުމަށް ހުޅުވާލައިފި

TTH_advertisement ELL Mobile Advertisement