ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

153 މިލިއަން ރުފިޔާއަށް ބީއެމްއެލް އިން ހުޅުމާލެއިން ބިމެއް ގަނެފި

hulhumale

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 153 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަނެފިއެވެ.

ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ކުރި ހުކުމެއްގައި ބުނެފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލެ ލޮޓް ނަންބަރު 11824 ގައިވާ 28،507 އަކަފޫޓުގެ އަމިއްލަ ބިން، ޖީއެސްޓީއާ އެކު 153.9 މިލިއަން ރުފިޔާގެ އަގަށް އެޗްޑީސީން ވިއްކާފައިވާ ކަމަށެވެ.

ސިވިލް ކޯޓުގެ ގާޒީ އަޒްފާ އަބްދުލްޣަފޫރު ކުރި ހުކުމުގައި ބުނީ، އެ އަދަދަށްވާ ފައިސާ ބީއެމްއެލްއިން އެޗްޑީސީއަށް ދައްކާ ޚަލާސް ކޮށްފައިވާ ކަމަށެވެ. އަދި މި މުއާމަލާތުގައި ފުރިހަމަވާން ޖެހޭ އެންމެހާ ކަންކަން ފުރިހަަމަވާ ކަމަށް ވެސް އެ ހުކުމްގައި ކަނޑައަޅާފައިވެއެވެ.

އެއާ އެކު، އެޗްޑީސީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މި ބިން ބީއެމްއެލްއަށް މިލްކުވެގެންވާ ކަމަށް ހުކުމުގައި ވެއެވެ.

މީގެ އިތުރުން މިދިޔަ ހަފުތާގައި ބީއެމްއެލް އިން ވަނީ ކޯޓު މެދުވެރިކޮށް، ހުޅުމާލޭ ފޭސް ދެއަކުން 15،000 އަކަފޫޓުގެ ބިމެއް ވެސް ލާޖައްސައި ބަދަލުކޮށްފައެވެ. ހުޅުމާލޭ ފޭސް ދޭއްގެ ބިމުގެ އިތުރުން ލާ ޖައްސައި ބަދަލުކޮށްފައިވަނީ އެޗްޑީސީގެ ނަމުގައި ފޭސް އެކެއްގައި އޮތް ބިމެކެވެ.

ސިވިލް ކޯޓުން ކުރި ހުކުމެެއްގައި ބުނީ ލާޖެއްސުމުގެ މުއާމަލާތްތަކުގައި ދައުލަތުގެ ފަރާތުން ބިމުގެ ކަންކަން ހަވާލު ކޮށްފައިވާ ނާޒިރުގެ ރުހުން އޮތްތޯ ބަލަން ޖެހޭ ނަމަވެސް، އެ ދެ ބިމަކީ އެޗްޑީސީގެ އިހުތިސާސްގެ ތެރޭގައި އޮތް ދެ ބިން ކަމަށް ވާތީ އެކަމުގައި ރުހުން އޮތްތޯ ބަލަން ނުޖެހޭ ކަމަށެވެ. އެ މުއާމަލާތުގައި ގާނޫނީ ހުރަހެއް ނެތުމުން އެއީ ސައްހަ މުއާމަލާތެއް ކަމަށް ހުކުމުގައިވެއެވެ.

މި މައްސަލަ ވެސް ކޯޓުން ނިންމާފައިވަނީ ގާޒީ އަޒްފާއެވެ. ދެ މައްސަލަވެސް ނިންމީ މިދިޔަ ބުދަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml card

ބީއެމްއެލް ކްރެޑިޓް ކާޑުން ޑޮލަރު ލިބޭ މިންވަރު މިއަދުން ފެށިގެން އިތުރުވަނީ

ބީއެމްއެލްގެ “އެފޯޑަބަލް” 3،000 ފްލެޓް 2028 ވަނަ އަހަރުގެ މެދުތެރޭގައި ހަވާލުކުރަން ފަށާނެ: ޝަރީފު

WhatsApp Image 2026 01 31 at 13.54.42

ބޭންކް އޮފް މޯލްޑިވްސް އިން ކުޑަހުވަދޫގައި އާ ބްރާންޗެއް ހުޅުވައިފި

87

ބޭންކް އޮފް މޯލްޑިވްސް އިން ސްވައިޕްގެ ލިމިޓެޑް ރިލީޒްއަށް ރެޖިސްޓްރޭޝަން ހުޅުވާލައިފި

TTH_advertisement