ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

ކާނޭ އެއްޗެއް ނުލިބި ޣައްޒާއިން އިތުރު ތުއްތު ކުއްޖަކު މަރުވެ، އަދަދު 333 އަށް އަރައިފި

ކާނޭ އެއްޗެއް ނުލިބި ޣައްޒާއިން އިތުރު ތުއްތު ކުއްޖަކު މަރުވެއްޖެއެވެ.

މިއާއެކު، ކާނޭ އެއްޗެއް ނުލިބުމާއި، ރަނގަޅު ކާނާ ނުލިބި މުޅި ޣައްޒާގައި އާންމުވެފައިވާ ބަނޑުހައިހޫނުކަމުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 333 އަށް އަރާފައި ވެއެވެ.

ބަނޑުހައިހޫނުކަމުގައި މަރުވި މީހުންގެ ތެރޭގައި 125 ތުއްތުކުދިންނާއި، ކުޑަކުދިންވެސް ހިމެނެއެވެ.

ޣައްޒާ ސަރުކާރުގެ ހެލްތު މިނިސްޓްރީން އިއްޔެ ބުނެފައިވަނީ، ބަނޑުހައިހޫނުކަމުގައި އިއްޔެއާއި، އޭގެ ކުރީދުވަހު އެކަނިވެސް 10 މީހުން މަރުވި ކަމަށެވެ. އޭގެތެރޭގައި 3 ކުޑަކުދިން ހިމެނެއެވެ.

އިސްތިއުމާރީ ބާރުން ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރިޔަނުދީ ބަންދުކޮށްފައި އޮންނަތާ އެތައް މަހެއް ވެއްޖެއެވެ.

ދުނިޔޭގެ ޕްރެޝަރާ ހެދި މިފަހުން އިންސާނީ އެހީގެ މަދު މިންވަރެއް އެތެރެކުރަން ހުއްދަދިން ނަމަވެސް، އެތަކެތި އެހީ ބޭނުންވެފައި ތިބި މީހުންނާ ހަމަޔަކަށް ނުފޯރައެވެ. އޭގެކުރިން، އިސްތިއުމާރީ ސިފައިން ވާގިދީގެން އުޅޭ ހަތިޔާރު އެޅި ގްރޫޕްތަކުން އެހީގެ ސާމާނު ލޫޓުވާލައެވެ.

އިސްތިއުމާރީ ބާރުން ހިފުމަށް މަސައްކަތް ފަށާފައިވާ، ޣައްޒާގެ ވެރިރަށް ގާޒާ ސިޓީއަށް މިހާރު އެއްވެސް ވަރަކަށް އެހީގެ އެއްވެސް ސާމާނެއް އެތެރެ ނުކުރެވެއެވެ. ޓެރަރިސްޓުން މިހާރުވަނީ މުޅި ގާޒާ ސިޓީ ބަންދުކޮށްފައެވެ.

ގާޒާ ސިޓީ ހުސްކުރުމަށް، އެކި ރަށްތަކަށް ވައިގެ ހަމަލާތައްދީ އަދި އެއްގަމުމަގުން ހަމަލާތައް ދެމުން ގެންދާއިރު، އެތައްބަޔަކު ޝަހީދުކުރަމުން އެބަ ގެންދެއެވެ. އަދި އާއިލާތައް ގަދަކަމުން ގެދޮރުން ނެރެ ފައްސަމުންވެސް އެބަ ގެންދެއެވެ.

އިސްތިއުމާރީ ބާރުން ހަމަލާދީ އިއްޔެ އެކަނިވެސް ޣައްޒާއިން 77 މީހުން ޝަހީދުކޮށްލިއިރު، މިއަދުގެ މިހާތަނަށް 18 މީހުން ޝަހީދުކޮށްލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގައި މިހާރު ހައިހޫނުކަމުގެ އާންމު ހާލަތެއް ނެތްކަމަށް، މޮނިޓަރިންގ ގްރޫޕުން ބުނެފި

މޫސުން ގޯސްވެ ޣައްޒާއިން އިމާރާތެއް ވެއްޓި 17 މީހުން މަރުވެއްޖެ

ޣައްޒާ ފެނުއަޑީގައި އޮތްއިރުވެސް އާންމުން ބަނޑަށްޖެއްސުމަށް އިސްރާއީލުން މަސައްކަތް ކުރަނީ

ޔަހޫދީންނާމެދު ނަފްރަތު ފެތުރެނީ ގައުމުތަކުން ފަލަސްތީނު ދައުލަތް ބަލައިގަތުމުން: ނަތަންޔާހޫ

TTH_advertisement