ކުއްލި ޚަބަރު

ވިނަރެސްގައި ހުންނަ އެޗްޑީސީގެ އޮފީހުން މިހާރު ބިލުތައް ދެއްކޭނެ

ސައިކަލެއް ވަގަށްނެގި ދެ މީހަކު ހައްޔަރުކޮށްފި

ސްޓެލްކޯއިން އެ ކުންފުނީގެ އިންޖިނޭރުންނަށް ރަތް ދޫލައިގައި މަރުހަބާއެއް ކިޔައިފި

ކޮންމެ ފުލުހަކީ ނަޒާހާތްތެރިކަމާއެކު މަސައްކަތްކުރާ މީހަކަށް ވާންޖެހޭ: އިހްސާން

112

ކޮންމެ ފުލުހަކީ ވެސް ނަޒާހާތްތެރިކަމާއެކު މަސައްކަތްކުރާ ފުލުހަކަށް ވާންޖެހޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީން ކޯސް ފުރިހަމަކުރި ފުލުހުންގެ ދަސްވެނިވުމަށް ރޭ ދ. ވާނީގައި ބޭއްވި ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ ފުލުހުންގެ ޔުނިފޯމާއި އަބުރާއި އިއްޒަތާއި ކަރާމާތް ގަންނަން އެކި ފަހަރުމަތިން މީހުން އުޅެފައިވާ ކަމަށެވެ.

“މިފަދަ ހާލަތްތަކުގައި އެފަދަ ކަންކަމަށް ނޫނެކޭ ބުނެ، ފުލުހުންގެ އިންޓެގްރިޓީ [ނަޒާހަތްތެރިކަން] ހިފަހައްޓައި، ފުލުހުންގެ މުއައްސަސާގެ ކަރާމާތް ހިފަހައްޓައި އަދި ކޮންމެ ފުލުހަކީ އެ މީހެއްގެ ވާޖިބުގައި ފުރިހަމައަށް ހުރި ފުލުހެއްކަން ރަމްޒު ކޮށްދިނުމަކީ މިއަދު ތިބޭފުޅުންނަށް އޮންނާނެ ޗެލެންޖެއް،” އިހްސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ވާޖިބު އަދާކުރަން ވާނީ އިންސާނީ ހައްގުތަކަށް ހުރަސްނޭޅޭ ގޮތަށް ކަމަށާއި ފުލުހުން ވާން ޖެހޭނީ ރައްޔިތުންނަށް އިހުތިރާމާއި ގަދަރު ދޭ ބަޔަކަށް ކަމަށެވެ.

މީހަކު ކުށަށް އަރައިގަންނަ ހާލަތުގައި ނުވަތަ ގާނޫނާ ހިލާފުވާ ހާލަތުގައި ވެސް، ފުލުހުންގެ ގާނޫނީ ދައުރު އަދާކުރަން ވާނީ، އެ މީހަކަށް ލިބިގެންވާ އިންސާނީ ހައްގާއި ކަރާމާތަށް ހުރުމަތްތެރިކޮށް ހިތައިގެން ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހްސާންގެ ވާހަކަފުޅުގައި ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވައިލެއްވި އެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ރަށެއްގައި ޕޮލިސް ސްޓޭޝަނެއް ގާއިމްކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ފުލުހުންގެ އިންފްރާސްޓްރަކްޗަރު ވަރުގަދަކޮށް އަދި ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ދޭ ބަޔަކަށް ހެދުމުގެ މަގުސަދުގައި ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ވިނަރެސްގައި ހުންނަ އެޗްޑީސީގެ އޮފީހުން މިހާރު ބިލުތައް ދެއްކޭނެ

އެދެނީ ޤައުމީ ޔުނިވާސިޓީއަކީ ކާމިޔާބު، ފެންވަރު ރަނގަޅު ޢިލްމީ ހިޔާވައްސަކަށްވުމަށް: ރައީސް

މާމައިންނާއި ކާފައިންނަކީ އިލާހީ ހެޔޮ ރަޙްމަތެއް: ރައީސް

JSC

މޫނު ބުރުގާ އަޅައިގެން ޝަރުޢީ ދާއިރާގައި މަސައްކަތްކުރެވޭގޮތަށް ޤަވާއިދަށް އިސްލާހެއް

TTH_advertisement ELL Mobile Advertisement