ކުއްލި ޚަބަރު

ސައިކަލެއް ވަގަށްނެގި ދެ މީހަކު ހައްޔަރުކޮށްފި

ސްޓެލްކޯއިން އެ ކުންފުނީގެ އިންޖިނޭރުންނަށް ރަތް ދޫލައިގައި މަރުހަބާއެއް ކިޔައިފި

ރައީސް މުއިއްޒު މޯދީއާ ބައްދަލުކުރައްވައިފި

ސާނަވީ ދަރިވަރުންގެ ދޭހަ ރަނގަޅުކުރުމަށް ފޮތެއް ނެރެފި

11

ސާނަވީ ދަރިވަރުންނަށް އަމާޒުކޮށް، ކިޔުމުގެ ދޭހައިގެ އަމަލީ މަސައްކަތްތައް ހިމެނޭ ގޮތަށް، ސުވާލާއި ޖަވާބު ހިމެނޭ ފޮތެއް ނެރެފިއެވެ.

މިފޮތަކީ ސާނަވީ އިމްތިޙާނުގައި ދަރިވަރުން އިމްތިޙާނުކުރެވޭ އެއްބައިކަމުގައިވާ ދޭހައިގެ ބަޔަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ފޮތެކެވެ. ދިވެހި މާއްދާ ކިޔަވާ ގިނަ ކުދިންނަށް އެންމެ އުނދަގޫ އެއްބަޔަކީވެސް ދޭހައިގެ ބައެވެ.

“އަޅުގަނޑުގެ ދޭހަފޮތް 2″ގެ ނަމުގައި ހަސަން ޒަހީނު ތައްޔާރުކުރެއްވި މި ފޮތް ނެރެދެއްވީ، އެކަމަށްޓަކައި ގައުމީ ކުތުބުޚާނާގައި ބޭއްވި ހަފުލާއެއްގައި ދިވެހި ބަސް ކޮމިޓީގެ ރައީސް އަދި ފިނޭންސް މިނިސްޓްރީގެ ޕްލޭނިން އެޑްވައިޒަރު ހަމްދޫން ހަމީދެވެ.

މި ފޮތުގައި އެކުލެވިގެންވާ 20 ދޭހަ ބޮޑަށް އެކުލެވިގެންވަނީ ދީނާއި، ގައުމިއްޔަތާއި، ބަހާއި ސަގާފަތަށް ހިތްވަރުދޭ ލިއުންތަކުގެ މައްޗަށެވެ. މި ފޮތުގައި، ދޭހަތަކުގެ މަސައްކަތްކުރުމަށް ޖާގައަކާއި ޖަވާބުތައް ފަހަތުގައި ހިމަނާފައިވެއެވެ.

ހަސަން ޒަހީން މި ސިލްސިލާގެ ފުރަތަމަ ފޮތް ނެރެއްވީ 2013ގައެވެ. މީގެ އިތުރުން ވެސް ކުޑަކުދިންނަށް ޚާއްސަ އެކި ފޮތްތައް އޭނާ ލިޔުއްވާފައިވެއެވެ.

ކުޑަކުދިންނަށް ޚާއްސަ ފޮތް ސަރުކާރު ގަބޫލުކުރާ ފެންވަރަށް ދިވެހިބަހުން ލިޔުއްވާފައިވާތީ، ސަރުކާރުންދޭ ޚާއްސަ އިނާމު 2004ވަނަ އަހަރާއި 2007ވަނަ އަހަރު ވެސް ޒަހީނަށް ލިބިވަޑައިގެންފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެދެނީ ޤައުމީ ޔުނިވާސިޓީއަކީ ކާމިޔާބު، ފެންވަރު ރަނގަޅު ޢިލްމީ ހިޔާވައްސަކަށްވުމަށް: ރައީސް

މާމައިންނާއި ކާފައިންނަކީ އިލާހީ ހެޔޮ ރަޙްމަތެއް: ރައީސް

JSC

މޫނު ބުރުގާ އަޅައިގެން ޝަރުޢީ ދާއިރާގައި މަސައްކަތްކުރެވޭގޮތަށް ޤަވާއިދަށް އިސްލާހެއް

muiz police

ދިވެހި ފުލުހުން ރެޔާއި ދުވާލު ކުރައްވަމުންދާ ބުރަ މަސައްކަތަށް ރައީސްގެ ޝުރުކު

TTH_advertisement ELL Mobile Advertisement