ކުއްލި ޚަބަރު

ލ. ގަމުގެ އިރުން ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

އޮޔާ ދިޔަ ދޯންޏެއްގައި ތިބި ބަޔަކު ފުލުހުން ސަލާމަތްކޮށްފި

މޯލްޑިވިއަނުން ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

އިއްޔެގެ އިހުތިޖާޖުން ނޫސްވެރިއަކު ހައްޔަރެއް ނުކުރޭ: ފުލުހުން

police

ނޫސްވެރިކަން ރެގިއުލޭޓުކުރުމާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވުމާ ގުޅިގެން، އެ ބިލުގެ ސަބަބުން ނޫސްވެރިކަން ނުވަތަ ޚިޔާލުފާޅުކުރުން ހަނިވެގެންދާނެކަމަށް ބުނެ ބައެއް ނޫސްވެރިން އިއްޔެ ބޭއްވި އިޙުތިޖާޖުގައި އެއްވެސް ނޫސްވެރިއަކު ހައްޔަރު ނުކުރާކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.

ނޫސްވެރިކަން ރެގިއުލޭޓުކުރުމާ ގުޅޭ ބިލަކީ 19 އޯގަސްޓުގައި ތުޅާދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ޢަބްދުލްޙަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މި ބިލުގެ ފުރަތަމަ ކިއުން އިއްވައި، އިބްތިދާއީ ބަހުސް ވެސް އެ ދުވަހު ވަނީ ފަށާފައެވެ. ނަމަވެސް އެ ބިލަށް ބަހުސްކުރުމަށް ގިނަ މެންބަރުންނަށް ފުރުޞަތު ދިނުމުގެ ގޮތުން، މަޖިލީހުގެ ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި އެ ބިލަށް ބަހުސްކުރުމަށްފަހު، މަޖިލީހުން ބަލައިގަތުމަށް ވަނީ ނިންމާފައެވެ.

މިކަމާ ގުޅިގެން އިއްޔެ ހެނދުނުން ފެށިގެން ނޫސްވެރިން އިޙުތިޖާޖުކުރަމުން ދިޔައީ “ގްރީން ޒޯން”ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރުޙައްދުގައެވެ. ފުލުހުން ހާމަކުރި ގޮތުގައި އެ ސަރަޙައްދަކީ ޤާނޫނީ ގޮތުން އިޙުތިޖާޖު ކުރުން މަނާ ސަރަޙައްދަކަށް ވުމުން، އެ ސަރަޙައްދު ދޫކޮށް ދިއުމަށް އަންގާފައިވާނެކަމަށެވެ. އަދި މިއީ އާންމު ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެންގި އެންގުމެއްކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ބުނީ ޤާނޫނީ ގޮތުން ނޫސްވެރިންނަށް ލިބިދޭ ޙައްޤުތަކަށާއި އަދި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރަސީއެއްގައި މުހިންމުކަމެއްކަމަށް ޤަބޫލުކޮށް އެކަމަށް ފުރިހަމައަށް އިޙްތިރާމްކުރާ ކަމަށެވެ. އެގޮތުން، ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށް ކުރިޔަށް ގެންދާ ހަރަކާތްތަކަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޮޔާ ދިޔަ ދޯންޏެއްގައި ތިބި ބަޔަކު ފުލުހުން ސަލާމަތްކޮށްފި

ބަނގުރަލާއި މަސްތުވާތަކެއްޗާއެކު 3 ބިދޭސީއަކު އަތުލައިގެންފި

507fo4hhgdzk1tfsfbvdahpkqtrivnlqoqgdmmpu

ގުޅީފަޅު ކައިރިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

Ii

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕް ސާމާނުތައް ނައްތާލައިފި

TTH_advertisement