ކުއްލި ޚަބަރު

ފެނަކަ އާއި ބްލަޑް ސާވިސް ގުޅިގެން އައްޑޫގައި ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ފަށަނީ

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

އެޗްއާރުސީއެމްއަށް އަހުމަދު މަޤުސޫމް އައްޔަން ކުރަން މަޖިލީހުން ރުހުންދީފި

ހިޔުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ މެންބަރަކަށް ސީބްރީޒް ސ. ހުޅުދޫ، އަހުމަދު މަޤުސޫމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެޗްއާރުސީއެމަށް މެންބަރަކު އައްޔަން ކުރެއްވުމުގެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަންތައް ފޮނުއްވީ އެ ކޮމިޝަންގެ ދެ މެންބަރެއްގެ މަގާމުގެ މުއްދަތު އަންނަ މަހު ހަމަވާތީއެވެ. މި ދެ މަގާމުގެ ތެރެއިން އެއް މަގާމަށް މުޙައްމަދު ޝަފީގު މަހުމޫދު އައްޔަން ކުރެއްވުމަށް ފެންނަ ކަމަށް މަޖިލީހުން ވަނީ މީގެ ކުރިން ފާސްކޮށްފައެވެ.

ރައީސް ފުރަތަމަ ފޮނުއްވެވި ދެ ނަމުގެ ތެރެއިން އެއް ބޭފުޅެއްގެ ނަން ފާސްނުވުމުން އެމަނިކުފާނު ދެވަނަ ފަހަރަށް ނަންތައް ފޮނުއްވެވިއެވެ. މި ނަންތައް ދިރާސާކުރުމަށްފަހު އެމަނިކުފާނު ނަން ފޮނުއްވެވި ތިން ބޭފުޅުންވެސް އެޗްއާރުސީއެމަށް އައްޔަން ކުރެއްވުމަށް ޝަރުތުހަމަވާކަމަށް މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އެގޮތުން، ރައީސް ފޮނުއްވެވީ އަހުމަދު މަޤުސޫމާއި އަމީރާ ނަޢީމް އަދި އަލްއުސާތާޛާ ފާތިމައު ނަފްޢަތު ޢަބްދުލްވައްޙާބްގެ ނަންފުޅެވެ. މި ބޭފުޅުންނަށް ވަކިވަކިން މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާފައިވާއިރު އެޗްއާރުސީއެމްއަށް މަޤުސޫމް އައްޔަން ކުރެއްވުމަށް ފާސްވެފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވޯޓު ދެއްވި 58 މެންބަރުންގެ އިއްތިފާގުންނެވެ.

އެޗްއާރުސީއެމްގެ ދެ މެންބަރެއްގެ މަގާމު އަންނަ ސެޕްޓެމްބަރު މަހުގެ 8ވަނަ ދުވަހާ ހަމައަށް ހަމަވާނެއެވެ. މަގާމުގެ މުއްދަތު ހަމަވަނީ ނައިބު ރައީސް މޫމިިނާ ވަހީދާއި މެންބަރު އާމިނަތު ޝިފާތު އަބްދުއްރައްޒާގުގެއެވެ.

އެޗްއާރުސީއެމަށް މެންބަރުން އައްޔަން ކުރެވެނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ ކޮމިޝަނަށް ބޭފުޅުން އައްޔަން ކުރައްވާނީ އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސް މަޖިލީހަށް ނަން ފޮނުއްވައި، މަޖިލީހުން ރުހުން ލިބުމުން ރައީސުލްޖުމްހޫރިއްޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dr Rameela

އެޗްއާރުސީއެމްގެ ރައީސަކަށް ޑރ. ރަމީލާގެ ނަން

އެޗްއާރުސީއެމަށް އައްޔަން ކުރަން ރަމީލާގެ ނަން މަޖިލީހަށް ފޮނުވައިފި

HRCM

އެޗްއާރުސީއެމްގެ މެންބަރު ކަމަށް ހުޅުވާލައިފި

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ދެ ބޭފުޅަކު ޢައްޔަންކުރައްވައިފި

TTH_advertisement