ޓިކްޓޮކްގައި ކުޑަ އަންހެން ކުއްޖަކު ވިއްކާލަން އިއުލާންކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ ޓިކްޓޮކް ލައިވް އެއްގައި އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ފޮޓޯ ދައްކައި، އެ ކުއްޖާއާ ގުޅޭ ގޮތުން ހަޑިހުތުރު ވާހަކަދައްކައި އަދި އެ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ އަަމަލެއް ހިންގާފައިވާ ކަމުގެ ރިޕޯޓް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ލިބިފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅޭގޮތުން ތުހުމަތު ކުރެވުނު މީހާ ހައްޔަރު ކުރުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
އެ މީހާ ވަނީ އެ ކުއްޖާ ވިއްކާލާނެ ކަމަށް ބުނެ، އެ ކުއްޖާގެ ފޮޓޯ ވެސް ޓިކްޓޮކްގައި މިދިޔަ ހުކުރު ދުވަހު އާންމުކޮށްފައެވެ. އެ ކުއްޖާގެ ފޮޓޯ އާންމުކޮށް ވިއްކާލާނެ ކަމަށް އެ މީހާ ޖެހީ، ކުއްޖާގެ މަންމައާ ޖެހުނު މައްސަލައެއްގައިކަން ވެސް ވަނީ އެނގިފައެވެ.
ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓް މިނިސްޓްރީން ވެސް އަންނަނީ މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު