ކުއްލި ޚަބަރު

ވިލިމާލޭ މާރުކޭޓް ހެދި ކުންފުންޏަށް ނުދައްކާހުރި ފައިސާ ދައްކަން ހުކުމްކޮށްފި

މިއަދުވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ

ތުޅާދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

ފަތުރުވެރިކަން ތަރައްޤީކުރުމަށް ނޮޅިވަރަންފަރުގައި ކަނޑައަޅުއްވާފައިވާ ބިން ކައުންސިލާއި ހަވާލުކޮށްފި

ހދ. ނޮޅިވަރަންފަރުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅުއްވާފައިވާ ބިން އެރަށު ކައުންސިލާއި ރޭ ހަވާލުކޮށްފިއެވެ.

މި ބިމުން ނަފާވެރިކަން ނުލިބި އެތައް އަހަރެއް ވޭތުވެގެންދާތީ، އެ ބިމުގެ މައްސަލަ ހައްލުކޮށް ރައްޔިތުންނަށް ބިން ހޯދައިދިނުމަކީ އެރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ވަކާލާތުކުރަމުން އައި ކަމެކެވެ.

މި ބިން ނޮޅިވަރަންފަރު ކައުންސިލާއި ހަވާލުކޮށްފައި ވަނީ ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހަތް ވަނަ މަންޒިލްގެ ގިތުގައި ރޭ ނޮޅިވަންފަރަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގެ ތެރެއިންނެވެ.

މި ގޮތުން ނޮޅިވަރަންފަރުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅުއްވާފައިވާ ބިން ނޮޅިވަރަންފަރު ކައުންސިލާއި ހަވާލުކޮށްފައި ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ދަފުތަރުން އުނިކުރުމަށްފަހުއެވެ.

ހދ. ނޮޅިވަރަންފަރުގައި ޓްރެއިނިންގ ރިސޯޓް ތަރައްގީކުރުމަށް އެ ރަށުގެ ފަޅުން ނަގާ 81.44 ހެކްޓަރުގެ ބިމާއެކު، ރަށުގެ ދެކުނުކޮޅުން ޓޫރިޒަމް ބޮޑު މިބެއް ދޫކޮށްފައި ވަނީ 2008 ގައި ނަލަވެލި މޯލްޑިވްސް ކިޔާ ކުންފުންޏަކަށެވެ.

ނޮޅިވަރަމްފަރު ޓްރޭނިން ރިސޯޓް ތަރައްގީ ކުރުމަށް އެ ރަށުން ދޫކޮށްފައި ވަނީ ރަށުގެ ދެކުނުކޮޅުން 14 ހެކްޓަރުގެ ސަރަހައްދަކާއި އެ ބިމާ ގުޅޭ ގޮތަށް ދެކުނުކޮޅު ފަޅުން 81.44 ހެކްޓަރުގެ ސަރަހައްދަކާ އެކު ޖުމްލަ 95.44 ހެކްޓަރުގެ ބިމެވެ. ނޮޅިވަރަމްފަރުގައި އޮންނަ ކަނޑޫފާ ހިމެނެނީ ރަށުގެ އެއްގަމުން ރިސޯޓް ހެދުމަށް ދޫކުރަން ނިންމައިފައިވާ ބިމުގެ ތެރޭގަ އެވެ. އެއީ އެ ރަށުގައި އޮތް ތިމާވެށީގެ ގޮތުން އެންމެ ފާހަގަކުރެވޭ ސަރަހައްދެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big 8lju7h3hq9zqun2oytmtyoxd2

ސީއެޗްއެސްއީ ދަރިވަރުންނަށް ކެރިއާ ގައިޑެންސް ޕްރޮގްރާމެއް ބާއްވައިފި

moosun

ދެކުނުގެ އަތޮޅުތަކަށް މިއަދު ވިއްސާރަކުރުމާއެކު ގުގުރާނެ: މެޓް

112

ވިލިމާލޭ މާރުކޭޓް ހެދި ކުންފުންޏަށް ނުދައްކާހުރި ފައިސާ ދައްކަން ހުކުމްކޮށްފި

ގުޅިފަޅުން ލިބުނު ގޯތި އިން ވަކިކޮށް ކަޑަޖެހުމުގެ މަސައްކަތް ފަށައިފި

TTH_advertisement ELL Mobile Advertisement