ކުއްލި ޚަބަރު

ހުޅުމާލެއިން މީހަކު ގެއްލިގެން ހޯދަނީ

ދޯންޏެއް ބަންޑުން ޖަހާލައި ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

މާލެއެކޭއެއްގޮތަށް ރަށްރަށުގައި އޭޓީއެމް ބެހެއްޓުން ރައްޔިތުން އުފަލާއެކު ބަލައިގަނޭ: އާދަމް ޝަރީފް

ޣައްޒާގެ ދެކުނުގައި ހުންނަ ނަސަރް ހޮސްޕިޓަލަށް ބޮންއަޅައި އެތައްބަޔަކު ޝަހީދުކޮށްލައިފި

އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ދެކުނުގައި ހުންނަ ނަސަރް ހޮސްޕިޓަލަށް ވަރުގަދައަށް ބޮންއެޅުމުގެ ސަބަބުން 14 މީހުން ޝަހީދުވެފައިވާ ކަމަށް، ޣައްޒާ މީޑިއާ އޮފީހުން ބުނެފިއެވެ.

ޣައްޒާ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޮން އެޅުމުގެ ސަބަބުން 14 މީހުން ޝަހީދުވެ އިތުރު އެތައް ބަޔަކު ޒަޚަމްވި ކަމަށެވެ.

ޝަހީދުވެފައިވާ މީހުންގެ ތެރޭގައި 4 ނޫސްވެރިންވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

ނަސަރް ހޮސްޕިޓަލަކީ ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގައި ހުންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލަށް އިސްތިއުމާރީ ޓެރަރިސްޓުން ދެފަހަރަށް މިއަދު ވައިގެ ހަމަލާތައް ދީފައިވާ ކަމަށް ޣައްޒާ މީޑިއާ އޮފީހުން ބުނެފައި ވެއެވެ.

އިސްތިއުމާރީ ޓެރަރިސްޓުން ޑްރޯން ބޭނުންކޮށްގެން ފުރަތަމަ ހަމަލާދިނީ ހޮސްޕިޓަލުގެ ފުރާޅުމައްޗަށެވެ. އެތަނަށް ދިން ހަމަލާގައި ޝަހީދުވި ނޫސްވެރިއެއްގެ ހަށިގަނޑު ނެގުމަށް ސިވިލް ޑިފެންސް ޓީމުތަކާއި، އަދި އެ މަންޒަރުތައް ކަވަރކުރަން ނޫސްވެރިން ދިޔަ ވަގުތު ޓެރަރިސްޓު މަތިންދާ  ބޯޓުތަކުން ދެވަނަ ފަހަރަށް އައިސް ބޮންއެޅީއެވެ. އަދި ހަމަ އެތަނަށް ދެވަނަ ފަހަރަށްވެސް ބޮންއަޅާފައި ވެއެވެ.

އިސްތިއުމާރީ ޓެރަރިސްޓުންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ސިވިލް ޑިފެންސް ޓީމުގެ މެމްބަރުންވެސް ހިމެނެއެވެ.

ނަސަރް ހޮސްޕިޓަލަށް ދިން ހަމަލާގެ އިތުރުން، ޓެރަރިސްޓުން މިހާރުވެސް ގެންދަނީ ޣައްޒާގެ އެކި ހިސާބުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މި ހަމަލާތަކުގައި މިއަދުގެ މިހާތަނަށް 19 މީހުން ޝަހީދުކޮށްލާފައި ވާއިރު، އޭގެ ތެރޭގައި އިންސާނީ އެހީ ހޯދަން ގޮސް ތިއްބައި ބަޑިޖަހައި ޝަހީދުކޮށްލި މީހުންވެސް ހިމެނެއެވެ.

އަނެއްކޮޅުން، ޣައްޒާގައި ވެރިކަންކުރާ ގާޒާ ސިޓީ ހިފުމުގެ ޕްލޭންގެ ދަށުން، ގާޒާ ސިޓީގެ ޒައިތޫން އަވަށާއި، ސަބްރާއަށްވެސް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުން އެބަ ގެންދެއެވެ. އަދި ގާޒާ ސިޓީގެ އާންމުން ރަށުން ބޭރުކޮށް ފައްސާލުމުގެ މަސައްކަތްވެސް ކުރަމުން އެބަ ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގާޒާ ސިޓީ ހިފުމުގެ ޕްލޭންގެ ދަށުން ޒައިތޫން އަވަށް ބިމާހަމަކޮށްލައިފި، އިތުރު ދެ ރަށަކަށް ކުއްލި ހަމަލާތަކެއް ދެނީ

24 ގަޑިއިރުތެރޭ ޣައްޒާއިން 75 މީހުން ޝަހީދު، ގެދޮރުދޫކޮށްދާން ދެކޮޅުހަދާ އާންމުންނަށް ދޭ ހަމަލާތައް އިތުރަށް ފުޅާކޮށްފި

ވެނެޒުއެލާއިން ކަނޑުގެ ބޯޑަރަށް ސިފައިންގެ ފައުޖެއް ޖަމާކޮށްފި، ދިފާއީ ވަޒީރު ވިދާޅުވަނީ ނިކަން ރީތިކޮށް އެމެރިކާ ބަލިކުރާނޭ ކަމަށް

ހިޒްބުﷲ އަތުން ހަތިޔާރު އަތުލަން ނިންމުމަކީ ލުބުނާނު ސަރުކާރަށް ހެދުނު ވަރަށްބޮޑު ގޯހެއް: ހިޒްބުﷲގެ ވެރިޔާ

ELL Mobile Advertisement TTH_advertisement