ކުއްލި ޚަބަރު

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހަނިމާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފަށައިފި

ހދ. ހަނިމާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ.

މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ހަނިމާދޫއަށް ކުރައްވާ ޒިޔާރަތުގައެވެ.

މިތަނުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު ޢަބުދުﷲ ރާފިއު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފާއި އަދި ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުއްސަތާރު ހަސަނެވެ.

މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ތަން ތަރައްގީކުރަން ހަވާލުކޮށްފައި ވަނީ އެމްއޭސީއެލް އާ އެވެ.

ހަނިމާދޫގައި އިތުރު ތަރައްގީގެ މަޝްރޫޢުތައް ފެށުމަށް ވެސް މިއަދު ހަމަޖެހިފައިވާކަމަށް ރައީސް މުޢިއްޒު ހަނިމާދޫ ރައްޔިތުންނާއި ބައްދަލުކުރަށްވާ ރޭ ދެއްކެވި ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

ރައީސް ރޭ ވަނީ ހަނިމާދޫ އަކީ ރާއްޖޭގެ ތަރައްޤީގެ ވަރަށް މުހިންމު ބައެއް ހިއްސާކުރާ، އަދި ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގައި މުހިންމު ދައުރެއް އަދާކުރާ ރަށެއްކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Hanimaadhoo

ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރެއް އެޅުމަށް އިއުލާންކޮށްފި

ކައުންސިލް އިންތިހާބުގައި ހިރިމަރަދޫ މީހުން ވޯޓުލާނީ ހަނިމާދޫ ކައުންސިލަށް

raees muiz

ހިރިމަރަދޫ ރައްޔިތުން ހަނިމާާދޫއަށް ބަދަލުކުރަން ރައީސްގެ ގަރާރަަކުން ނިންމަަވައިފި

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވައިފި

TTH_advertisement