ކުއްލި ޚަބަރު

ނޮޅިވަރަމްގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކާނެ ތަނެއް ގާއިމް ކުރަނީ

ނޮޅިވަރަމްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަން އާރްޑީސީއާ ހަވާލުކޮށްފި

ކެރެފާ އަބްދުލްޣަނީ އަވަހާރަވެއްޖެ

ދެކުނުގެ ހިސާބުތަކަށް މޫސުން ގޯސްވާނެ: މެޓް

ރާއްޖޭގެ އެންމެ ދެކުނުގެ ހިސާބުތަކަށް މޫސުން ގޯސްވާނޭކަމަށް ލަފާކޮށް މޫސުމާ ބެހޭޢ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން އައްޑޫސިޓީއަށް ޔެލޯ އެލާޓް ނެރެފައިވަނީ، މިއަދު ހެނދުނު 07:45 ކުން ފެށިގެން 10:45 ގެ ނިޔަލަށެވެ. އެލާޓް ނެރެފައިވާ ގަޑިތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުރުރާނޭކަމަށް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން އައްޑޫސިޓީއަށް ޔެލޯ އެލާޓް ނެރެފައިވާއިރު، މިދުަވަސްކޮޅު އާއްމުގޮތެއްގައި މޫސުން ރަނގަޅެވެ. ނަމަވެސް ބައެއް ދުަވސްދުވަހު ވިއްސާރަވެ، ކަނޑުތައް ގަދައެވެ.

އިއްޔެ މި ފެށުނީ ހުޅަނގު މޫސުމުގެ 11 ވަނަ ނަކަތް ކަމަށްވާ “ފުރަ”ނަކަތެވެ. މި ނަކަތުގައި ދޭތެރެދޭތެރެއިން ވިއްސާރަކުރާނޭކަމަށް ނަކަތް ދަންނަ މީހުން ބުނެއެވެ. އެގޮތުން މި ނަކަތާއެކު ހުޅަނގު މޫސުމުގެ އެންމެ ގަދަ ދުވަސްތައް ނިމުމަކަށް އަންނައިރު، ވައިޖެހޭނީ ޢާންމުކޮށް ހުޅަނގު އުތުރުންނެވެ.

މި ނަކަތުގައި ރާއްޖޭގެ މަސްވެރިކަން އާދައިގެ ގޮތެއްގައި ރަނގަޅަށް ހުންނައިރު، ޢާންމުގޮތެއްގައި މަސްއައިންތައް ފެންނާނީ އަތޮޅުތަކާ ދުރުން މާކަނޑުންކަމަށް އިހުގެ ނަކަތްތެރިން ބުނެއުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ނޮޅިވަރަމްގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކާނެ ތަނެއް ގާއިމް ކުރަނީ

112

ނޮޅިވަރަމްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަން އާރްޑީސީއާ ހަވާލުކޮށްފި

Original 1756140697138

ކެރެފާ އަބްދުލްޣަނީ އަވަހާރަވެއްޖެ

416302 8cf9f91d 3

ނެއްލައިދޫ ސިއްހީ މަރުކަޒު ތަރައްގީކުރާނީ 24 ގަޑިއިރު ޚިދުމަތްދެވޭ ފެންވަރަށް: ރައީސް

TTH_advertisement ELL Mobile Advertisement