ކުއްލި ޚަބަރު

ގޭންގު ކުށްތަކުގެ ޤާނޫނަށް ޢަމަލުކުރަން ފަށައިފި

ސައްހަ ނޫން އަކެޑެމިކް ސެޓްފިކެޓް ހުށަހެޅުމާއި ބޭނުންކުރުމުގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅުން އިތުރުވެއްޖެ

 ބީއެމްއެލް އިން ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ހަފްތާ ތެރޭގައި އޭޓީއެމް ޚިދުމަތް ގާއިމުކުރަނީ

މާލޭގައި ބޮޑު ޕަވާ ޕްލާންޓެއް ގާއިމްކުރެވޭތޯ މަސައްކަތް މިދަނީކުރަމުން: ފަހުމީ

Stelco

މާލޭގައި ބޮޑު ޕަވާ ޕްލާންޓެއް ގާއިމްކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި އަދިމިކަން ކުރިއަށް ދެންދާނީ ސަރުކާރާއި ގުޅިގެންކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

“މިހާރު ވެސް މަސައްކަތް ކުރަމުން މި ގެންދަނީ 100 މެގާވޮޓްގެ އާ ޕަވާޕްލާންޓެއް އެޅޭތޯ. އެހެން ނަމަވެސް މި ސަރުކާރު އައިއިރުގައި އިގްތިސޯދީ ހާލަތު އޮތް ގޮތް ދެނެވަޑައިގަންނަވާނެ. އިގްތިސޯދީ ގޮތުން ގައުމު ދަރަނިވެރިވެފައި އޮތީ. ޕަވާ ޕްލާންޓެއް އަޅަން ބޭނުންވޭ 100 ނުވަތަ 200 މިލިއަން ޑޮލަރު. އެ ސެކުއާ ކުރުމަށް ވެސް ފައިނޭންސް އިންސްޓިއުޓްޓުން ބަލާ ދެއްތޯ. އެހެންވީމަ ގައުމުގެ ހާލަތާއި އަޅުގަނޑުމެންގެ ހާލަތާއި މި ސަރުކާރު އޮތް ހާލަތު އެއީ އެ ވާހަކަ އިތުރަށް ދައްކަން ޖެހޭ ހަގީގަތެއް.” ފަހުމީ

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ފަހުމީ ވިދާޅުވީ މާލެއަކީ ދުނިޔޭގެ އެހެން ކެޕިޓަލް ސިޓީތަކާއި ހިލާފް ކޮމަން ގްރިޑެއް އޮންނަ ތަނެއް ކަމަށެވެ. މާލޭގައި އޮންނަނީ ހަމައެކަނި ސްޓެލްކޯ ގްރިޑް ކަމަށާއި ޕަވާ އުފައްދަނީ ވެސް އެތަނުން ކަމަށް ވިދާޅުވިއެވެ.

ފަހުމީ އިތުރަސް ވިދާޅުވީ ކަރަންޓުނެތި އުޅެވޭނެ ހާލަތެއް މާލެއަކު ނެތް ކަމަށާއި ފެނާއި އަސާސީ ހުރިހާ ހިދުމަތެއް ބިނާވެފައިވާ ކަރަންޓުގެ މައްޗަށް ކަމަށެވެ.

“ޑައުންޓައިމް ކުޑަކުރުމަށާއި އަދި ކަރަންޓު ނުކެނޑޭނެ ގޮތްތަކެއް ޕްލޭން ކުރުމަށް އަބަދުވެސް މަސައްކަތް ކުރަން. އެހެން ނަމަވެސް ކޮންމެ ކަމެއް ވެސް ދިމާވަނީ ފައިސާއާ. މިހާރު ވެސް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަމުންގެންދަނީ ބޮޑު ޕަވާ ޕްލާންޓެއް މާލޭގައި އެޅޭތޯ.”. ފަހުމީ

އަދި ފަހުމީ ހާމަކުރިގޮތުގައި މި އަހަރު ވެސް މިދިޔަ އަހަރުގައި ވެސް ޕީކްގައި 17 މެގަވޯޓް އިތުރުކުރި ކަމަށާއި ނަމަވެސް އެއީ ސަސްޓޭނަބަލް މޮޑަލެއް ނޫން ކަމަށް ވިދާޅުވިއެވެ. ހައި ސްޕީޑް އިންޖީން ގެނެސް ބަހައްޓައިގެން ހިންގުމަކީ ސަސްޓޭނަބަލް މޮޑަލެއް ނޫންކަންވެސް ފަހުމީ ފާހަގަކުރެއްްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓޫރިޒަމް ނެތުމުގެ ލޭބަލް ހދ. އަތޮޅުން ނައްތާލާނަން: ރައީސް

ގޭންގު ކުށްތަކުގެ ޤާނޫނަށް ޢަމަލުކުރަން ފަށައިފި

Main 20250825 095941

ނާވައިދޫގައި އޭ.ޓީ.އެމް. ގެ ޚިދުމަތް ފަށައިފި

ހަނިމާދޫގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ބެހެއްޓި އޭޓީއެމްގެ ޚިދުމަތް ފަށައިފި

TTH_advertisement ELL Mobile Advertisement