ކުއްލި ޚަބަރު

އަގުހުރި އިނާމުތައް ހޯދުމުގެ ރަނުގެ ފުރުސަތާއެކު އެސްޓީއޯ މެގާ ސޭލް ޕްރޮމޯޝަން ފަށައިފި

ހަތަރު ރަށެއްގައި ކުނި މެނޭޖްކުރުމުގެ މަރުކަޒުތައް ގާއިމްކުރަން ހަވާލުކޮށްފި

ކޮފްސީ ސިރަޕް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފި

ތޮއްޑޫ ކައުންސިލް އައު އިމާރާތުގެ ބިންގާ އަޅައިފި

އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ތޮއްޑޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިއަތޮޅު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ތޮއްޑޫ ކައުންސިލް އިދާރާ އިމާރާތްކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ކައުންސިލް އިދާރާގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. ތޮއްޑޫ ކައުންސިލް އިމާރަތް އަޅަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރުސީސީއާ ޙަވާލުކޮށްގެންނެވެ.

ބާވެ ވީރާނާވެފައިވާ ކައުންސިލް ޢިމާރާތްތައް ތަރައްގީކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން 100އަށް ވުރެ ގިނަ ރަށުގައި މި ދައުރުގެ ތެރޭގައި ކައުންސިލް ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި އަޅާ 55 ކައުންސިލްގެ އިމާރާތުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އާރުސީސީއާއެވެ. އެ މަސައްކަތް އާރުސީސީއާ ހަވާލުކުރީ 631 މިލިޔަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް ޢިމާރާތް ނިމޭއިރު، ގޯތީގެ ވަށާފާރު ރާނައި، އޮފީހަށް ބޭނުންވާ ފަރުނީޗަރުވެސް ހުންނާނެއެވެ.

ކައުންސިލް އިމާރާތުގެ މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ ހިލޭ އެހީގެ ދަށުންނެވެ. އެ ގޮތުން، އެ މަޝްރޫއުގެ ލެޓާ އޮފް އެކްސްޗޭންޖުގައި ޗައިނާގެ ސަރުކާރާއެކު ދިވެހި ސަރުކާރުން ދެމެދު ސޮއިކުރީ މިދިޔަ މެއި މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whatsapp image 2025 08 20 at 06.25.08

ހަތަރު ރަށެއްގައި ކުނި މެނޭޖްކުރުމުގެ މަރުކަޒުތައް ގާއިމްކުރަން ހަވާލުކޮށްފި

112

ކޮފްސީ ސިރަޕް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފި

112

މާލޭގެ ހަތަރު އަވަށުގައި ވެސް ބާވެ، ރެނދުލައި، ތަޅައިލަން ޖެހޭ، ގިނަ އިމާރާތްތައް އެބަހުރި: މޭޔަރު އާޒިމް

535530294 1279885537257924 43437 1024x691

ސްޓެލްކޯއިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ELL Mobile Advertisement TTH_advertisement