ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ޒެލެންސްކީ އާއި ޓްރަމްޕްގ މިއަދު ބައްދަލުކުރައްވަނީ

Trump

ޔޫކްރޭންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ އާއި އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވައިޓްހައުސްގައި ބައްދަލު ކުރައްވާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޔޫކްރޭނާއި ރަޝިޔާ ކުރަމުން އަންނަ ހަނގުރާމަ ސުލްހަކުރުމަށް އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރަމުން އަންނަ މަސައްކަތުގައި ދެގައުމުގެ ލީޑަރުންނާ ބައްދަލުކުރައްވައި ސުލްހައިގެ މަޝްވަރާތައް ދަނީ ކުރައްވަމުންނެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޔޫކްރޭންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވައިޓްހައުސްގައި ބައްދަލުކުރައްވާ އިރު އެބައްދަލުވުމުގައި ޔޫރަޕްގެ ލީޑަރުންވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސި ބޮޑުވަޒީރު ސާ ކެއިރް ސްޓާމާގެ އިތުރުން ފްރާންސްގެ ރައީސް އެމެނުއެލް މެކެރޫން އާއި ޖަރުމަނުގެ ޗާންސެލާ ފްރެޑްރިޗް މާޒް އާއި ޔޫރަޕިއަން ޔޫނިއަންގެ ރައީސް އުރްސުލާ ވޮން ޑާ ލެޔަން އަދި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރުއްޓޭ ވޮޝިންޓަނަށް ވަޑައިގެންފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޓްރަމްޕް ވަނީ ހޮނިހިރު ދުވަހު އެމެރިކާގެ އަލަސްކާގައި ހުންނަ އެމެރިކާ ސިފައިންގެ ބޭސް އެއްގައި ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިންއާ އެކު މަޝްވަރާކުރެއްވުމަށް ސަބިޓެއް ބާއްވަވައިފައެވެ.

އަލަސްކާ ސަމިޓް 2025 ނަމުން ނަންދީފައިވާ ކުރު އެސަމިޓު ނިމިގެން ދިޔައިރުވެސް އެއްވެސް ޑީލެއް ހެދިފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓްރަންޕަށް މިއަހަރުގެ ނޯބަލް ޕީސް ޕްރައިޒް ހައްގު: ޕޫޓިން

ސުލްހަވުމަށް އީރާނާއެކު ވަރަށް ސީރިއަސް މަޝްވަރާތަކެއް މިދަނީ ކުރަމުން: ޓްރަމްޕް

އެމެރިކާގެ ގޯލްޑް ކާޑު 5 މިލިއަން ޑޮލަރަށް ވިއްކާނަން: ޓްރަމްޕް

Screenshot 2025 02 05 093049

ޓްރަމްޕް ބޭނުންވަނީ ފަލަސްތީނުގެ މީހުން ނެރުމަށްފަހު ޣައްޒާ ހިފައި އަލުން ތަރައްޤީކުރަން

TTH_advertisement