ރާއްޖޭގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށްޓަކައި ހިންގާ “ފުޑްސެކިއުރިޓީ ޕްރޮގްރާމް”ގެ ދަށުން މިހާތަނަށް ށ. އަތޮޅުގެ ހަތަރު ރަށަކަށް ގަސް ފޮނުވައިފިއެވެ.
އެގްރިކަލްޗަ މިނިސްޓްރީން ބުނީ ހަނިމާދޫގައި އެގްރިކަލްޗަ ސެންޓަރުން ރަށްތަކަށް ބޭނުންވާ މިންވަރަށް ގަސްތައް ފޯރުކޮށްދެމުން އަންނަ އިރު މި މަހުގެ ތެރޭގައި ށ. އަތޮޅުގެ 4 ރަށަކަށް ޖުމްލަ 1،159 ގަސް ފޯރުކޮށް ދީފައިވާ ކަމަށެވެ.
* ފުނަދު އަށް:
ބަނބުކެޔޮ ގަސް (ގޭބީސީތަކަށް 8، އޮފީސްތަކަށް 57) ޖުމްލަ 65
ޖަނބުރޯލް ގަސް (ގޭބީސީތަކަށް 9، އޮފީސްތަކަށް 107) ޖުމްލަ 116
މުރަނގަ ގަސް (ގޭބީސީތަކަށް 5، އޮފީސްތަކަށް 106) ޖުމްލަ 111
އަލަގަސް (ގޭބީސީތަކަށް 32) ޖުމްލަ 32
* ޅައިމަގަށް:
ބަނބުކެޔޮ ގަސް (ގޭބީސީތަކަށް 59 ) ޖުމްލަ 59
ޖަނބުރޯލް ގަސް (ގޭބީސީތަކަށް 52) ޖުމްލަ 52
މުރަނގަ ގަސް (ގޭބީސީތަކަށް 51) ޖުމްލަ 51
އަލަގަސް (ގޭބީސީތަކަށް 216) ޖުމްލަ 216
* ނަރުދު އަށް:
ބަނބުކެޔޮ ގަސް (ގޭބީސީތަކަށް 7، އޮފީސްތަކަށް 53) ޖުމްލަ 60
ޖަނބުރޯލް ގަސް (ގޭބީސީތަކަށް 12، އޮފީސްތަކަށް 59) ޖުމްލަ 71
މުރަނގަ ގަސް (ގޭބީސީތަކަށް 11، އޮފީސްތަކަށް 56) ޖުމްލަ 67
އަލަގަސް (ގޭބީސީތަކަށް 56) ޖުމްލަ 56
* ބިލެތްފަހި އަށް:
ބަނބުކެޔޮ ގަސް (ގޭބީސީތަކަށް 29) ޖުމްލަ 29
ޖަނބުރޯލް ގަސް (ގޭބީސީތަކަށް 29) ޖުމްލަ 29
މުރަނގަ ގަސް (ގޭބީސީތަކަށް 29) ޖުމްލަ 29
އަލަގަސް (ގޭބީސީތަކަށް 116) ޖުމްލަ 116
ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން، ރާއްޖޭގެ އެކި ރަށްތަކަށް ގަސްތައް ފޯރުކޮށް ދެމުން އަންނައިރު، މި އަހަރުގެ ޖޫން މަހު ވަނީ ހަނިމާދޫ ކައުންސިލަށް ވެސް 50 ބަނބުކެޔޮގަސް ހަދިޔާކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު