ކުއްލި ޚަބަރު

4000 ފްލެޓްގައި ދިރިއުޅެން ފަށަންވާއިރަށް ބަސް ސްޓޮޕްތައް ހަދަނީ

ކެންދޫ ދާއިރާގެ މެންބަރު ރަސްމާލެއަށް ދިރިއުޅުން ބަދަލުކުރަން ނިންމައިފި

ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން ށ. އަތޮޅުގެ ހަތަރު ރަށަކަށް ގަސް ފޮނުވައިފި

ރަސްމާލެ މަޝްރޫޢު 129 ހެކްޓަރުގެ ބިން ހިއްކައިފި

Rasmale

ރަސްމާލެ މަޝްރޫޢުގެ ދަށުން މިހާތަނަށް 129 ހެކްޓަރުގެ ބިން ހިއްކައިފިއެވެ. މިމަޝްރޫޢުގެ ދަށުން ޖުމްލަ 1153 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢަކީ ރަސްމާލެ މަޝްރޫޢެވެ. މިމަޝްރޫޢުގެ ދަށުން 1153 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އެޗްޑީސީން ވިދާޅުވީ 2023 ވަނަ އަހަރު ޢަމަލީ މަސައްކަތް ފެށި މިމަޝްރޫޢުގެ ދަށުން މިހާތަނަށް 129 ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށެވެ. އެއީ މުޅި މަޝްރޫޢަށް ބަލާއިރު، ބިން ހިއްކުމުގެ ގާތްގަނޑަކަށް 11 އިންސައްތައެވެ.

ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް އިތުރު ޑްރެޖަރުތައް ހޯދާ އެމަސައްކަތް އަވަސްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ މިއަހަރުގެ ޖެނުއަރީ މަހު ވިދާޅުވެފައެވެ. ރަސްމާލެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން އަދި މޯހަން މުތާ އެކްސްޕޯރޓްސްއާއި ހަވާލުކޮށްފައިވާއިރު މިއަހަރުގެ ކުރީކޮޅު މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން 12 ސަރަޙައްދެއް ހިއްކުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގެ 5 ސަރަޙައްދަކުން 100 ހެކްޓަރުވަނީ މާރިޗު އަދި އޭޕްރީލް މަހު ހިއްކާފައެވެ.

ރަސްމާލެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ތަރައްޤީގެ ސިޔާސަތުގެ ދަށުގައި ހިމެނޭ އެންމެ ބިޔަ މަޝްރޫޢެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ބަދަލެއް ގެނުވާނެ މަޝްރޫޢަކަށް ރަސްމާލެ މަޝްރޫޢުވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެހެންކަމުން މިމަސައްކަތް އަވަސްކުރުމަށް މިދިޔަ އަހަރު ސަރުކާރުންވަނީ މަސައްކަތްކުރައްވާފައެވެ.

ރަސްމާލެ މަޝްރޫޢުގެ ދަށުން 65000 ގެދޮރު ޔަގީންވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ހައުސިންގ މަޝްރޫޢުގެ ދަށުން ފުރަތަމަ 15000 ހައުސިންގ ޔުނިޓުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށް މަސައްކަތް ކުރިއަށްދާކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.

ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަސްމާލެ ވެގެންދާނީ އިންޑިޔާ ކަނޑުގައި ތަރައްޤީކުރާ ފުރަތަމަ ޒީރޯ ކާބަން ސިޓީކަމަށާއި، މިއީ ޓެކްނޮލޮޖީގެ އިތުރުން ތިމާވެއްޓާއި ރައްޓެހި އިތުރު އީޖާދީ ބަދަލުތައް ރާއްޖެއަށް ތަޢާރަފްވެގެންދާނެ މަޝްރޫޢެއްކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

4000 ފްލެޓްގައި ދިރިއުޅެން ފަށަންވާއިރަށް ބަސް ސްޓޮޕްތައް ހަދަނީ

mwsc

ހުޅުމާލޭގައި 10,000 ޓަނުގެ ފެން ތާންގީގެ މަސައްކަތް ނިންމައި، ބޭނުންކުރަން ފަށައިފި

414155 6a535947 3

ބަންޑާރަނައިބު އޮފީހުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

Gqhakxkx0aahccr

ޕާކިސްތާނުގައި ފެންބޮޑުވެ، ގިނަ ބަޔަކު މަރުވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ

TTH_advertisement ELL Mobile Advertisement