ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

އޭޓީއެމް މެދުވެރިކޮށް ބީއެމްއެލްއަށް ވަންނަ ފައިސާ ދަނީ އިތުރުވަމުން: ޝަރީފް

Dsc 8604

އޭޓީއެމް މެދުވެރިކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ވަންނަ ފައިސާ އިތުރުވަމުންދާކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދެވުނުކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، ބ. އަތޮޅުގައި މިހާތަނަށް އޭޓީއެމްގެ ހިދުމަތް ނުދެވި އޮތް 10 ރަށުގައި އޭޓީއެމް ހިދުމަތް ދޭން ފެށި، މުޅި ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިހާރު އޭޓީއެމް ހިދުމަތް ފަށާފައިވާކަމަށާއި، މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ އިރުޝާދާއެކު ‘މުޅި ރާއްޖެ އަށް ބީއެމްއެލް އޭޓީއެމް’ ނަމުގައި ފެށި ޚާއްސަ މަޝްރޫއުގެ ދަށުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފުރިހަމަކުރި ލަނޑުދަނޑިއެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ، މިއަހަރުގެ މިހާތަނަށް 47 ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފަށާފައިވާކަމަށާއި، 7 އަތޮޅެއްގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ހިދުމަތް ގާއިމުކޮށް، 5 އަތޮޅެއްގެ 23 ރަށެއްގައި އޭޓީއެމް ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި ބާކީ 7 އަތޮޅުގެ 33 ރަށުގައި ކުރިއަށް އޮތް ދެތިން މަސްދުވަސްތެރޭ އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް މި މަޝްރޫއު ކާމިޔާބުކަމާއެކީ ނިންމާލުމަކީ އަމާޒެއް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

“މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޭޓީއެމް ހިދުމަތް މިހާ ބޭނުންތެރި ހިދުމަތަކަށްވެފައި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް މި ހިދުމަތް ބޭނުންތެރި ހިދުމަތަކަށް ނުވާންވީ ހިދުމަތެއްކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އަދި ދިވެހި މުޖުތަމައުން ނަގުދު ފައިސާ ބޭނުންކުރުން އެއްކޮށް ހުއްޓާލަންދެން އޭޓީއެމް ހިދުމަތް ނުދީ ތިބެން ޖެހޭ ކަމަށްވެސް އަޅުގަނޑު ގަބޫލުއް ނުކުރެވޭ. އަޅުގަނޑުމެންގެ ބޭނުންވަނީ ތަފާތުކުރުމެއް ނެތި، މާލެއެކޭ އެއްފަދައިން މި ޚިދުމަތްތައް ހުރިހާ ރަށެއްގައިވެސް ގާއިމްކުރުން،”ބީއެމްއެލްގެ ސީއީއޯ، ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އޭޓީއެމް މަޝްރޫއުގެ ސަބަބުން ބޭންކަށްވެސް މުހިންމު ފައިދާތަކެއް ލިބެމުންދާ ކަމަށެވެ. އެގޮތުން މި ޚިދުމަތާއެކު ބޭންކުގެ ބްރާންޗްކައުންޓަރުން ހިދުމަތް ހޯދާ ކަސްޓަމަރުން މަދުވަމުންދާކަމަށް ވިދާޅުވިއެވެ. އަދި މުވައްޒަފުންނަށް ކަސްޓަމަރުންގެ ގާތަށް ގޮސް ބޭންކުގެ އެހެނިހެން ޚިދުމަތުގެ މައުލޫމާތު ދީ ބޭންކިން ނިޒާމަށް މީހުން އަހުލުވެރިކުރުމަށް މަސައްކަތްތައް ކުރެވި، އޭޓީއެމް މެދުވެރިކޮށް ބޭންކަށް ވަންނަ ފައިސާ އިތުރުވަމުންދާކަމަށާއި، މިއީ ގިނަ ރައްޔިތުންތަކެއް މާލީ ނިޒާމުގައި ބައިވެރިވަމުންދާ ކަމުގެ ހެއްކެއްކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml card

ބީއެމްއެލް ކްރެޑިޓް ކާޑުން ޑޮލަރު ލިބޭ މިންވަރު މިއަދުން ފެށިގެން އިތުރުވަނީ

ބީއެމްއެލްގެ “އެފޯޑަބަލް” 3،000 ފްލެޓް 2028 ވަނަ އަހަރުގެ މެދުތެރޭގައި ހަވާލުކުރަން ފަށާނެ: ޝަރީފު

WhatsApp Image 2026 01 31 at 13.54.42

ބޭންކް އޮފް މޯލްޑިވްސް އިން ކުޑަހުވަދޫގައި އާ ބްރާންޗެއް ހުޅުވައިފި

87

ބޭންކް އޮފް މޯލްޑިވްސް އިން ސްވައިޕްގެ ލިމިޓެޑް ރިލީޒްއަށް ރެޖިސްޓްރޭޝަން ހުޅުވާލައިފި

TTH_advertisement