ކުއްލި ޚަބަރު

އިންނަފުށި، ފުޅަދޫ ކައުންސިލާ ހަވާލުކުރަނީ 

ސްޕެއިންގައި ކިޔަވާ ދަރިވަރުންނަށް ވިސާ ނެގުމުގައި ލުއިގޮތްތަކެއް ހަމަޖައްސައިފި

ސަރުކާރުން މިހާތަނަށް 503 ޒުވާން ހަތީބުން ތަމްރީނުކޮށްފި

ފުލުހުންގެ ސައިކަލެއްގައި ޖެއްސުމަށްފަހު، ފިލަންވެގެން ކާރު ދުއްވި މީހާ ކޯޓުން ދޫކޮށްލައިފި

aik

ބާރު ސްޕީޑުގައި ދުއްވާފައި ގޮސް، ފުލުހުންގެ ސައިކަލެއްގައި ޖެއްސި ކާރު ދުއްވި މީހާ ކޯޓުން ދޫކޮށްލައިފިއެވެ.

ފުލުހުން މީޑިއާތަކަށް ރޭ ބުނެފައިވަނީ، ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއް މަޑުކުރަން ބުނުމުން މަޑުނުކޮށް، ބާރު ސްޕީޑުގައި ފޭސް 1 އާއި 2 ގައި ދުއްވަމުން ދިއުމުން ފުލުހުން އެ ކާރު ފަހަތުން ދާން ފެށުމުން ކާރުން ޖައްސައި ފުލުހުންގެ ސައިކަލު ވައްޓާލާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ފުލުހުން ވަނީ ކާރު ދުއްވި މީހާ އާއި އެ ކާރުގައި އިން އަންހެން މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ކާރު ދުއްވި މީހާގެ ވަނަވަރު ވެސް ފުލުހުން މިއަދު އާންމުކުރިއެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކާރު ދުއްވި ހ. ފިލިމާގެ، އައިކް ހައިޝަމް ހަސަން (18އ) ގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އެ މައްސަލައިގައި އެ ކާރުގައި އިން އަންހެން މީހާ ވެސް ވަނީ ދޫކޮށްލައިފައެވެ.

އެ ކާރުން ފުލުހުންގެ ސައިކަލުގައި ޖެއްސުމާ ގުޅިގެން ފުލުހަކަށް ވަނީ އަނިޔާވެފައެވެ. އޭނާއަށް ފަރުވާ ދިނުމަށްފަހު މިއަދު ވަނީ ދޫކޮށްލައިފައެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބ. މާމަޑުއްވަރީ އެ އަތޮޅު ހިތާދޫ އަށް ހަވާލުކުރަން ނިންމަވައިފި

ފުލުހުންގެ 41 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި

dr khaleel

ރާއްޖޭގެ ޚާރިޖީ ސިޔާސަތު މުޅި ދުނިޔެ ބަލައިގަންނާނެ: ޙަލީލް

އަޑުގަދަ ކުރެއްވުމުން މީކާއިލް ތަޅުމުން ބޭރުކޮށްފި

ELL Mobile Advertisement TTH_advertisement