ކުއްލި ޚަބަރު

އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމަށް އެމްއެމްއޭގެ 15 ސްކޮލާޝިޕް

ވިޒިޓް މޯލްޑިވްސްއަށް ޒަމާނީ ޓޫރިޒަމް އިންސައިޓް ޑޭޓާ ޕްލެޓްފޯމެއް ތައާރަފުކޮށްފި

ފިއްލަދޫގެ މަގުތައް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

ތުރުކީއާއެކު ވެފައިވާ ވިޔަފާރީގެ އެއްބަސްވުމަށް 2 މަސްތެރޭ އަމަލުކުރަން ފެށޭނެ: ސަޢީދު

ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެފައިވާ “ޕްރިފަރެންޝަލް ޓްރޭޑް” އެއްބަސްވުމަށް ކުރިއަށްއޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި އަމަލުކުރަން ފެށޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ނޮވެމްބަރ މަހުގެ 4 ވަނަ ދުވަހުއެވެ.

ސަރުކާރުން ދަނީ އިންވެސްޓްމަންޓާއި ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމްކުރުމަށްޓަކައި ގިނަ ޤައުމުތަކަކާއިއެކު މަސައްކަތްކުރަމުންނެވެ. އެގޮތުން ތުރުކީވިލާތަކީ މިފަދަ އެއް ޤައުމެވެ.

ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ތުރުކީވިލާތާއެކު ޤާއިމްކުރުމަށް މަސައްކަތްކުރާ “ޕްރިފަރެންޝަލް ޓްރޭޑް” އެއްބަސްވުން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން އެންޑޯޒްކުރުމުން އަމަލުކުރަން ފެށޭނެކަމަށެވެ. އެގޮތުން ކުރިއަށްއޮތް 2 މަސްދުވަހުގެ ތެރޭގައި މިއަށް އަމަލުކުރަން ފެށޭނެކަމަށް ބެލެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.

“ތުރުކީގެ އޮފިޝިއަލް ވިޒިޓްއަށްފަހު ޕްރިފަރެންޝަލް ޓްރޭޑް އެރޭންޖްމަންޓެއް އެއޮތީ ހެދިފައި. ތުރުކީ ޕާލަމަންޓްއިން އެންޑޯޒްކުރީމައި މި ޕީޓީއޭ އެކްޓިވް ވެގެން އަންނާނެ. ލަފާކުރެވޭ ގޮތުގައި 1 ނުވަތަ 2 މަސް ތެރޭގައި އެކަން ހަމަޖެހިގެން އަންނާނެ. އޭގެ މާނައަކީ ތުރުކީން ގެންނަ މިފަދަ މުދާވެސް ހަމަ ޒީރޯ ޑިއުޓީގައި ނުވަތަ ޑިއުޓީއަކާއި ނުލައި ގެނެވޭނެ.” ސަޢީދު

ތުރުކީވިލާތާއެކު އެކުލަވާލާފައިވާ އެއްބަސްވުމަކީ، ޔޫރަޕުގެ މާކެޓަށް ދިވެހިން ވަނުމަށް އެޅިގެންދިޔަ ފާލަމެއްގެ ގޮތުގައި ވަޒީރު މީގެކުރިން ވަނީ ސިފަކުރައްވާފައެވެ. މި އެއްބަސްވުމުގެ ދަށުން 90 މިލިޔަން މީހުންގެ މާކެޓަކަށް ވަނުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވިގެންދާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ތުރުކީވިލާތާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެޤައުމަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ލުއި ހޯދާދިނުމުގެ އިތުރުން ވިޔަފާރީގެ ހުރަސްތައް ކުޑަކުރެވި، ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމާއި، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ކުރެވޭ ވިޔަފާރި އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ.

ދިވެހިރާއްޖޭން މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ތުރުކީވިލާތުގެ މާކެޓްގައި ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ފަހިކުރެވި، ދިވެހިރައްޔިތުންނާއި ވިޔަފާރިތަކަށް ތުރުކީވިލާތުގެ އުފެއްދުންތައް އަގުހެޔޮކޮށް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ޗައިނާއާއިއެކު ހެދިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިއަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ދަނީ އަމަލުކުރަމުންނެވެ. މީގެއިތުރުން އިންޑިއާ، ޔޫއޭއީ، ސްރީލަންކާ އަދި ސައުދީ އަރަބިއްޔާއާއިއެކުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކެއް ޤާއިމްކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mwsc

އެމްޑަބްލިޔުއެސްސީން ހުޅުމާލޭގައި ދުވާލަކު 10،000 ޓަނުގެ ފެން އުފައްދާ ޕްލާންޓުގެ އަމަލީ މަސައްކަތް ފަށައިފި

Hiii

އައްޑޫގައި އެކްސިޑެންޓެއް، ދެ ކުއްޖަކާއި މީހަކަށް އަނިޔާވެގެން ފަރުވާދެނީ

aik

ފުލުހުންގެ ސައިކަލެއްގައި ޖެއްސުމަށްފަހު، ފިލަންވެގެން ކާރު ދުއްވި މީހާ ކޯޓުން ދޫކޮށްލައިފި

Whatsapp image 2025 08 10 at 10.02.15

އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމަށް އެމްއެމްއޭގެ 15 ސްކޮލާޝިޕް

TTH_advertisement ELL Mobile Advertisement