ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ބިލްޑިންގ ގެ މަސައްކަތް މިނިސްޓަރު ބައްލަވާލައްވައިފި

112

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ބިލްޑިންގގެ މަސައްކަތް ނިންމުމަށް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ މުވައްޒަފުން ކުރަމުންދާ މަސައްކަތް މިނިސްޓަރު އާދަމް ޝަރީފު އުމަރު ބައްލަވައިލައްވައިފިއެވެ.

އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ފަށާ، ކޮންކްރީޓް މަސައްކަތް ނިންމާފައިވާ އިމާރާތެކެވެ. މިދިޔަ ސަރުކާރުގައި ވެސް އެ އިމާރާތުގެ މަސައްކަތް ކުރިއެވެ. ނަމަވެސް ވެރިކަން ނިމުނުއިރު މަސައްކަތް ނިންމާލެވިފައެއްނުވެއެވެ.

ކުރީގެ ދެ ސަރުކާރަށް ނިންމާނުލެވުނު އެ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމަށް ޖުލައި މަހުގެ ތެރޭގައި މި ސަރުކާރުން ވަނީ ފަށާފައެވެ. އެ މަސައްކަތް ކުރިއަށްގެންދަނީ މިނިސްޓަރު އާދަމް ޝަރީފްގެ ބެއްލެވުމުގެ ދަށުންނެވެ.

އެ މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަކަށް އެ އިމާރާތުގެ ހުރިހާ މަސައްކަތެއް ނިންމައި ފުލުހުންނާ ހަވާލުކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބަރަކާތްތެރި ފިޠުރު ޢީދު ފާހަގަކުރުމަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ޢީދު ލައިޓް ފޮނުވުމުގެ މަސައްކަތް ނިމިއްޖެ

އދ. ދިގުރަށް

ދިގުރަށުން ފަތުރުވެރިންތަކެއް ބޭލުވި މައްސަލަ ބަލަނީ

1740573275

މަޝްރޫޢުތައް މޮނިޓަރކުރުމަށް ޚާއްޞަ ޓީމުތަކެއް އެކުލަވާލަނީ

TTH_advertisement