ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

ބ. އަތޮޅުގެ ތިން ރަށެއްގެ ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް ފެނަކައަށް

moh

ބ. އަތޮޅުގެ ތިން ރަށެއްގެ ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓް ފޯ ހެލްތު، އިސްމާއީލް އަބްދުﷲ އާއި ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފެވެ.

ބ. ހިތާދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކުރީ 33.7 މިލިއަން ރުފިޔާގެ އަގަކަށެވެ. އެ މަސައްކަތް 730 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

ބ. މާޅޮސް ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމަށް ހަވާލުކުރީ 12.1 މިލިއަން ރުފިޔާގެ އަގަކަށެވެ. އެ މަސައްކަތް 545 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. އެ މަސައްކަތުގެ ތެރޭގައި ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޖާ ރޫމް، ގަރާޖް އަދި ސްޓޯ ރޫމް އިތުރުކުރުން ހިމެނެއެވެ. އަދި ޕޯޓިކޯ އާއި ވަށާފާރު އިތުރުކުރުންވެސް ހިމެނެއެވެ.

ބ. ދޮންފަނު ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރީ 12.1 މިލިއަން ރުފިޔާގެ އަގަކަށެވެ. އެ މަސައްކަތް 545 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. އެ މަސައްކަތުގެ ތެރޭގައި ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޖާ ރޫމް، ގަރާޖް އަދި ސްޓޯ ރޫމް އިތުރުކުރުން ހިމެނެއެވެ. އަދި ޕޯޓިކޯ އާއި ވަށާފާރު އިތުރުކުރުންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިއްޙީ ދާއިރާއާ ގުޅޭ މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

990

ގައުމީ ސިއްހީ ލެބް ހަދަން ޖަރުމަންގެ ކުންފުންޏަކާ ހަވާލުކޮށްފި

1.8 މެގަވޮޓުގެ ޖެނެރޭޓަރު އައްޑޫއަށް ގެންގޮސްފި

ގަމު ހޮސްޕިޓަލުގެ އާ އިމާރާތާއި ބަނދަރުގެ މަޝްރޫއު އެމްޓީސީސީއަށް

TTH_advertisement