ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ރައީސް މަސައްކަތްކުރައްވަނީ ކައުންސިލުތަކަށް މާލީ ބާރުވެރިކަން ހޯދައިދޭން: އާދަމް ޝަރީފް

muizzu-councils

ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތްކުރައްވަނީ ކައުންސިލުތަކަށް މާލީ ބާރުވެރިކަން ހޯދައިދިނުމަށް ކަމަށް ލޯކަލް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ގާނޫނުން ލޯކަލް ކައުންސިލުތަކަށް ދީފައިވާ ބައެއް މާލީ ބާރުވެރިކަން ސަރުކާރަށް ނެގުމުގެ ގޮތުން، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.

މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލުތަކަަށް ފަޅުރަށްތައް ދެއްވުމާއި ރަށްރަށަށް ވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރެއްވުމާއި ކައުންސިލުން ހުށަހަޅާގޮތަަށް ކަންކަން ނިންމަވައިދެއްވުމާއި މަޝްރޫއުތަކަށް ކައުންސިލުތަކުން ހުށަހަޅާ ބަދަލުތައް ގެނެސްދެއްވުމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލުތައް ހަގީގީ މާނައިގައި ބާރުވެރިކޮށް، ރައްޔިތުންގެ އިތުބާރު ކައުންސިލުތަކަށް ހޯއްދަވައިދެއްވުމަށް ރައީސް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއި ކުރައްވާ މަސައްކަތްޕުޅުތައް ކަމަށެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލުތައް މާލީގޮތުން ބާރުވެރިކުރުމަށްޓަކައި ރައީސް ގެންދަވަނީ ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ވީރާނާ ވެފައި ހުރި 105 ކައުންސިލް އިދާރާ، އިމާރާތްކޮށްދެއްވުމަކީ ވެސް ސީދާ ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި ކައުންސިލުތަކުގެ މާލީ ބާރުވެރިކަން އިތުރުކޮށް، މާލީ ބާރުވެރިކަމުގެ ބޭނުން ކައުންސިލުތަކުން ކުރަނީ ޒިންމާދާރުކަމާއެކުގައިކަން ކަށަވަރުކުރުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

453750 70fcf7f4 c

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

Qw

ކުޅުންތެރިންނަށް ޚާއްސަ އިންޝުއަރެންސްގެ ޚިދުމަތެއް ފަށައިފި

453327 f666cc0d 8

ލުއިތަކަކާއެކު ކުދި އިންވެސްޓްމަންޓްތަކަށް އައްޑޫ ހުޅުވާލަނީ

dr muiz

ފުނަދޫ އެއާ ސްޓޭޝަން ހުޅުވައި މި އަހަރު ޚިދުމަތް ދޭން ފަށާނެ: ރައީސް

TTH_advertisement