ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބޭސްފަރުވާގެ ކަންކަމުގައި އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

211

ބޭސްފަރުވާގެ ކަންކަމުގައި އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް ޔާސިރު ވިދާޅުވީ އާއްމުންގެ ޚިޔާލާ އެއްގޮތަށް ރައްޔިތުން ބޭނުންވާ ބަދަލުތައް އެ ޚިދުމަތަށް ގެންނަމުންދާ ކަމަށެވެ.

“ބޮޑެތި އަދި ދާއިމީ ބަލިތަކާ ގުޅިގެން، ގަވައިދުން ފަރުވާއަށް ދަތުރުކުރަންޖެހޭ މީހުންނަށް އާރްޓީއެލްގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަޝްވަރާތައް ދަނީ ކުރަމުން“ ޔާސިރު ވިދާޅުވިއެވެ.

މި ޚިދުމަތް ވަރަށް އަވަހަށް ފެށުމަށް ނިންމާފައިވާކަން ހާމަކޮށް ޔާސިރު ވިދާޅުވީ މިނިސްޓްރީން އެ މަސައްކަތް ކުރާނީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި އާރުޓީއެލް ފެރީގެ ހިދުމަތް ދޭ އެމްޓީސީސީއާ ގުޅިގެން ކަމަށެވެ.

މިގޮތުން ބީއެމްއެލުން ދޫކުރާ ޚާއްސަ ކާޑެއް އެންސްޕާ މެދުވެރިކޮށް ދޭނެ ކަމަށާއި އެ ކާޑު ބޭނުންކޮށްގެން ބަލި މީހާ އަށާއި އެހީތެރިޔާއަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށް ޔާސިރު ވިދާޅުވިއެވެ.

އާރްޓީއެލްގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރަން ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އަވަށްޓެރި އިންޑިއާ އިން ވެސް ވަނީ ދާދިފަހުން އެކަމަށް ހިލޭ އެހީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ii

އާދީއްތަ ދުވަހުން ފެށިގެން ނ. އަތޮޅާއި ރ. އަތޮޅާއި ދެމެދު އާރުޓީއެލް ފެރީގެ ހިދުމަތް ފަށަނީ

RTL

އަންނަ އަހަރުގެ މާޗު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި ފެރީ ހިދުމަތް ގާއިމްކުރާނީ

އާރްޓީއެލްގެ ޚިދުމަތް ބ. އަތޮޅުގައި ރަސްމީކޮށް ފަށައިފި

0q

އާރުޓީއެލް ފެރީގެ ހިދުމަތް ފުޅާކުރަން އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދެނީ

TTH_advertisement