ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދާއި ޖަމީލް އައްޔަންކުރުގެ ރަސްމިއްޔާތު މާދަމާ ބާއްވަނީ

112

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މުހައްމަދު ޝަހީދާއި އަބްދުﷲ ޖަމީލް މޫސާ އައްޔަންކުރުމުގެ ރަސްމިއްޔާތު މާދަމާ ބާއްވަން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ އެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 8:30 ގައި ކަމަށެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން ޝަހީދަކީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިޔުޓީ މިނިސްޓަރެކެވެ. އަދި ޖަމީލަކީ ސިވިލް ކޯޓުގެ ކުރީގެ ގާޒީއެކެވެ. އޭގެކުރިން ޖަމީލް ވަނީ މެޖިސްޓްރޭޓްކަން ވެސް ކުރައްވާފައެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަންކުރުން ހުއްޓުވުމަށް ސިވިލް ކޯޓަށް މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ. އަދި އެ މައްސަލަ ނިމެންދެން އޭނާ ފަނޑިޔާރު ކަމަށް އައްޔަންކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފައިވެއެވެ. ނަމަވެސް އެފަދަ އަމުރެއް އަދި ނުނެރެއެވެ.

ހައި ކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމް ހުސްވީ އެ ކޯޓުގެ ފަނޑިޔާރުން ކަމަށްވާ މުހައްމަދު ޝަހީދާއި މުހައްމަދު ސަލީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިވިލް ކޯޓުގައި ގާއިމުކުރި ކޭސް މެނޭޖްމަންޓް ސިސްޓަމް އިފްތިތާހުކޮށްފި

B irv3lfa0yctrtnenqr755ih7t

ހައިކޯޓުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރަކަށް ފަނޑިޔާރު ޝަފީއު

ސިވިލް ކޯޓުގެ ދެ ގާޒީއެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް

Ii

ކްރިމިނަލް ކޯޓުގެ ގާޒީކަމުން ފާއިޒު ވަކިކުރަން މަޖިލީހަށް ހުށަހަޅައިފިި

TTH_advertisement