ކުއްލި ޚަބަރު

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ފުލެޓުތަކުގައި ކުރިއަށްދަނީ ކުރީ ސަރުކާރުން އުނިކުރި މަސައްކަތްތައް: އެފްޑީސީ 

Large 174245095223f9ay
އެފްޑީސީން ހުޅުމާލޭގައި ތަރައްގީކުރާ ފުލެޓުތައް — ފޮޓޯ: ސަން

ފުލެޓުތަކުގައި މިހާރު ކުރިއަށްދަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުނިކުރި މަސައްކަތްތައް ކަމަށް ފަހި ދިރިއުޅުން ކޯޕްރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލު ވިދާޅުވެއްޖެއެވެ.

ޝަކީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހަދާ “އުދަރެސް” އަދި “ދޯދި” ޓަވަރުތަކުގެ މަސައްކަތްތައް މިހާރު ޖުުމުލަގޮތެއްގައި ނިމިފައިވާ ކަމަށެވެ.

“ބާކީ ހުރީ ޔޫއާރު ރިލޭޓަޑް މަސައްކަތްތައް. ރައީސް ސޯލިހުގެ ސަރުކާރުގައި އީޕީސީގައި ސޮއިކުރުމުގެ އެއް ގަޑިއިރުކުރިން ވަނީ އުނިކޮށްފައި. އަދި މިހާރު ކުރިއަށްގެންދަނީ ރައީސް ސޯލިހު ނުކުރަން ނިންމި މަސައްކަތްތައް،” ހަމްދާން ވިދާޅުވިއެވެ.

ކުރީ ސަރުކާރުން އުނިކުރި މަސައްކަތްތައް:

  • ބިލްޑިން ސައިނޭޖު
  • ސީސީޓީވީ ނެޓްވޯކް
  • ގާބޭޖް ޝޫޓް
  • ބޫމް ގޭޓްސް
  • ލޭންޑް ސްކޭޕިން
  • ފީޑާ ކޭބަލް އެންޑް ޓްރާންސްފޯމާ ކަނެކްޝަން
  • އެމްޑަބްލިޔުއެސްސީ ސުވަރޭޖު ކޭބަލް
  • އެމްޑަބްލިޔުއެސްސީ މެއިންލައިން ކަނެކްޝަން
  • ދޯދި ޓަވަރުތަކުގެ ބޫސްޓާ ޕަމްޕްސް
  • ޝެފްޓް ޑޯސް
  • އެކްސްޓާނަލް ގޭޓްސް
  • ޖީޕީއޯއެން ސިސްޓަމް (އިންޓަނެޓް އަދި މީޑިއާނެޓް)

ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ދޫކުރުމަށް، ފުލެޓު ލިބޭ މީހުންނާއެކު އެފްޑީސީން މިހާރު ވަނީ އެއްބަސްވުންތަކުގައި ސޮއިކުރަން ފަށައިފިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Amaan

އަލިފާނުގެ ހާދިސާގައި އަމާން ދޯދި ޓަވަރު އެއްގެ ފެންހޮޅިތަކަށް ގެއްލުން ވެއްޖެ

fdc

ފްލެޓްތަކުގެ 1،000 އަށްވުރެ ގިނަ ތަޅުދަނޑި ހަވާލުކޮށްފިން: އެފްޑީސީ

FDC

މި މަހުގެ 25 ގެ ކުރިން ހުރިހާ ފްލެޓެއް ހަވާލުކޮށް ނިމޭނެ: ހަމްދާން

އެފްޑީސީގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

TTH_advertisement