ކުއްލި ޚަބަރު

ލަންކާ ރައްޔިތުންނަށް ރާއްޖެއިން 90 ދުވަހުގެ އޮން އެރައިވަލް ޓޫރިސްޓް ވިސާ ހިލޭ

އާރްޑީސީގެ އެމްޑީ ކަމަށް ނަޒީމް ހަމަޖައްސައިފި

އެޗްޑީސީގެ އެމްޑީ ކަމަށް ޒުހައިރު އައްޔަންކޮށްފި

ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ލަންކާގެ ރައީސާއެކު މަޝްވަރާކުރައްވައިފި

112

ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކާ ބައްދަލުކުރައްވައި ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މަޝްވަރާކުރައްވައިފިއެވެ.

މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ޤައުމު ދެމެދު އޮތް އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން، ބަދަލުވަމުން އަންނަ ބައިނަލްއަޤްވާމީ ވިޔަފާރީގެ މާޙައުލުގައި އިސްތިރާޖީ ގޮތުން ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ މެދުވެސް ވަނީ މަޝްވަރާކުރެވިފައެވެ.

މިނިސްޓަރު ސަޢީދުގެ އިތުރުން މި ބައްދަލުވުމުގައި އިކޮނޮމިކްސް މިނިސްޓްރީގެ އިސް އޮފިޝަލުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ސްރީލަންކާގެ ރައީސްގެ މި ދަތުރުފުޅުގައި، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އެކި ފެންވަރުގެ މަޝްވަރާ ބައްދަލުވުންތައް ކަމާގުޅުންހުރި އެކި ފަރާތްތަކާއެކު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Xzhsidsiufvo1ndwf2pgpxrvxgrvwxzm3a6drpaw 1536x1023

ލަންކާ ރައްޔިތުންނަށް ރާއްޖެއިން 90 ދުވަހުގެ އޮން އެރައިވަލް ޓޫރިސްޓް ވިސާ ހިލޭ

112

އާރްޑީސީގެ އެމްޑީ ކަމަށް ނަޒީމް ހަމަޖައްސައިފި

112

އެޗްޑީސީގެ އެމްޑީ ކަމަށް ޒުހައިރު އައްޔަންކޮށްފި

ބީއެމްއެލްއިން އިންޑޯ ބާސްކެޓްބޯޅަ އެރީނާއެއް ތަރައްޤީކުރުމުގައި އެހީތެރިވެދޭން ނިންމައިފި

TTH_advertisement ELL Mobile Advertisement