ކުއްލި ޚަބަރު

ކަނޑު ބޯޓަކުން ލ.މާމެންދޫއަށް ގެންދިޔަ މަސްތުވާތަކެތި އަތުލައިގެންފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މަސީހު 10 ދުވަހަށް ބަންދުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

ނަމާލް ހައްޔަރު ކުރުމުގެ އަމުރެއް ނެރެފި

Original 1753704256263

ލަންކާގެ ނުފޫޒުގަދަ ޒުވާން ސިޔާސީ ލީޑަރު ނަމާލް ރާޖަޕަކުސަ ހައްޔަރު ކުރުމުގެ އަމުރެއް އެ ގައުމުގެ ކޯޓަކުން ނެރެފި އެވެ.

ކޯޓުން އެފަދަ އަމުރެއް ނެރުނީ މިހާރު ހިނގަމުންދާ ޝަރީއަތްތަކާއި ގުޅިގެން ކޯޓަށް ހާޒިރުނުވެ އުޅުއްވާތީ އެވެ. މި އަހަރު ނެރުނުއިރު ނަމާލު ހުންނެވީ ރާއްޖޭގަ އެވެ.

ލަންކާއަށް ބޮޑު ބަދަލެއް ގެންނެވި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމާލު ރާއްޖެ ވަޑައިގެންނެވީ މިއަދު އެވެ. ލަންކާގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި ނަމާލު ރާއްޖެ ވަޑައިގެންނެވީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވި ފްލައިޓުންނެވެ.

ނަމާލު ރާއްޖެ ވަޑައިގެންނެވީ ކައިވެނި ހަފްލާއެއްގައި ބައިވެރިވުމަށް ކަމަށް ވެސް މީޑިއާ ރިޕޯޓްތަކުގައިވެ އެވެ. ނަމާލް އަކީ ދިވެހި ސިޔާސީ ލީޑަރުންނާއި ވަރަށް ގާތްގުޅެއް އޮންނަ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

FDC

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަވަސްކުރުމަށް ދަނީ މަސައްކަތްކުރަމުން: އެފްޑީސީ

police

ކަނޑު ބޯޓަކުން ލ.މާމެންދޫއަށް ގެންދިޔަ މަސްތުވާތަކެތި އަތުލައިގެންފި

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭނުގެ ޚިދުމަތް ފަށަނީ

މިދިޔަ ކުއާޓަރުގައި އެމްޓީސީސީން 9 މަޝްރޫޢެއް މުޅިން ނިންމައި، 64 މަޝްރޫޢެއް އަލަށް ފެށި

ELL Mobile Advertisement TTH_advertisement