ކުއްލި ޚަބަރު

ލ. މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ މަރާލައިފި

މަރުޙޫމް ޙަސަން ޞާބިރަކީ ޚާރިޖީ ގުޅުންތައް ވަރުގަދަކުރެއްވުމަށް، ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެއް: ރައީސް

ލަންކާގެ ރައީސް ރާއްޖެ ވަޑައިގެންފި

މަރުޙޫމް ޙަސަން ޞާބިރަކީ ޚާރިޖީ ގުޅުންތައް ވަރުގަދަކުރެއްވުމަށް، ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެއް: ރައީސް

Main 20250728 094240

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ މަރުޙޫމް ޙަސަން ޞާބިރަކީ ޚާރިޖީ ގުޅުންތައް ވަރުގަދަކުރެއްވުމަށް، ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުރި ސަފީރު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވާފައިވުމާ ގުޅިގެން ސޯޝަލްމީޑީއާގައި ހިއްސާކުރެްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުރި ސަފީރު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށެވެ. ހަމައެއާއެކު، ޙަސަން ޞާބިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމަކީ މުޅި ދިވެހި ޤައުމަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، އަލްމަރްޙޫމް ޙަސަން ޞާބިރަކީ ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާއަށް، ވަރަށް ބިނާކުރަނިވި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. ވަޒީރުކަމުގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާއިންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަކީ، ރާއްޖެއިން އެކި ޤައުމުތަކަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ ޚާރިޖީ ގުޅުންތައް ވަރުގަދަކުރެއްވުމަށް، ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރެއްވި ޑިޕްލޮމެޓެއްކަމަށެވެ. މާތްﷲ މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް ދުޢާ ދެންނެވިއެވެ.

ޙަސަން ޞާބިރު ވަނީ ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޙަސަން ޞާބިރު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ. ހަސަން ޞާބިރަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން އަރުވާފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Main 20250728 094240

ޞާބިރު ނިޔާވުމުގެ ހިތާމައިގައި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

6mkxaobgsytwxfanttsgzzhuake1bpomup3xe8zu

ލ. މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ މަރާލައިފި

Ncqwz63e45t1ikkmpifhmdhwhb1r5i4trz1vxhwa

ބ. އަތޮޅުގައި އާރުޓީއެލް ސްޕީޑް ފެރީގެ ޚިދުމަތް ފަށައިފި

Main 20250728 093754

ލަންކާގެ ރައީސް ރާއްޖެ ވަޑައިގެންފި

ELL Mobile Advertisement TTH_advertisement