ކުއްލި ޚަބަރު

މާޅޮހުގެ ފަޅުގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި 2 ބިދޭސީއަކަށް އަނިޔާވެއްޖެ

ކުލަގަދަ ރަސްމިއްޔާތަކާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވައިފި

ނޭޝަނަލް ސާވިސް ޕްރޮގްރާމުގެ ނަފާ ވަރަށް ފުރިހަމައަށް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މޯދީ ފުރާވަޑައިގެންފި

409594 e56781b8 4

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ދެ ދުވަހުގެ ޒިޔާރަތެއްގައި މޯދީ ރާއްޖެއަށް ވަޑައިގަތީ ޖުލައި 25 ބަނަ ދުވަހުއެވެ. އެ ދުވަހު އެމަނިކުފާނު ރާއްޖެއަށް ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރައީސް މުއިއްޒެވެ.

އެއަށްފަހު 25 ވަނަ ދުވަހު ހަވީރު މޯދީ މާލެއަށް ވަޑައިގަތުމުން ރަސްމީކޮށް ހޫނު މަރުހަބާއެއް މާލެއިން ދަންނަވާފައިވެއެވެ. އަދި 21 ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި އެއަށްފަހު ރައީސް އޮފީހުގައި އިންޑިޔާއާއި ރާއްޖޭގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދިޔައެވެ.

އެ މަޝްވަރާތަކަށްފަހު ރައީސާއި މޯދީ ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގައި އިންޑިއާ އާއި ރާއްޖޭގެ މެދުގައި މުހިއްމު އަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

އެގޮތުން ދިވެހިރާއްޖެއާއި އިންޑިއާގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ ރަސްމީ މަޝްވަރާތައް ފެށުމާ ގުޅޭ އެއްބަސްވުމަކާއި، 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ހަމަޖެއްސުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

އަދި އިންޑިޔާއިން ރާއްޖެއަށް ފޯރުކޮށްދޭ ކަރަންސީ ސްވޮޕް ފެސިލިޓީއާ ގުޅޭ ފަހުމުނާމާގައިވެސް ދެ ގައުމުން ސޮއިކުރިއެވެ. އޭގެ އިތުރަށް މަސްވެރިކަމާއި އެކުއަކަލްޗާގެ ދާއިރާއިން ދެ ގައުމުގެ މެދުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ވެސް ސޮއިކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިނިވަންދުވަހުގެ ހަރަކާތްތަކާ ގުޅިގެން އާދިއްތަ ދުވަހު ގޭބިސީތަކުން ކުނި ނަގާ ގަޑިއަށް ބަދަލު

މާލޭގެ ވަށައިގެންވާ ތޮށި މަރާމާތުކުރުމަށް ޖަޕާން ސަރުކާރުން 10.5 މިލިޔަން ޑޮލަރު ދިނުމަށް ނިންމައިފި

ހަފުތާއެއްގެ ތެރޭގައި ފުޓްބޯޅަ ކަލަންޑަރު ފައިނަލްކުރެވޭނެ: ޠާރިޤު

112

އައްސޭރި ޖަލުގައި ބިނާކުރި ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ ހުޅުވައިފި

TTH_advertisement ELL Mobile Advertisement