ކުއްލި ޚަބަރު

މާޅޮހުގެ ފަޅުގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި 2 ބިދޭސީއަކަށް އަނިޔާވެއްޖެ

ކުލަގަދަ ރަސްމިއްޔާތަކާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވައިފި

ނޭޝަނަލް ސާވިސް ޕްރޮގްރާމުގެ ނަފާ ވަރަށް ފުރިހަމައަށް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް

ރައީސް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

އެމަނިކުފާނު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ދިވެހީންގެ ފަޚުރުވެރި މިނިވަންދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ލޮބުވެތި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު އަރިސްކުރައްވާ ކަމަށެވެ. އަދި މިލޮބުވެތި ވަޠަން މިނިވަންކަމާއި ބާއްޖަވެރިކަމުގައި އަބަދުމެ ލެހެއްޓެވުމަށް ދުޢާ ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ 60ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަފާތު އެކި ހަރަކާތްތައް މިއަދުވަނީ ތާވަލުކޮށްފައެވެ. މި ހަރަކާތްތައް ފަށާފައިވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެ ރަސްމިއްޔާތަށް ވަޑައިގެންނެވި ފަރާތްތަކާ، ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިވަން ދުވަހުގެ ސަލާމް ކުރައްވާފައެވެ.

މިނިވަންދުވަހާ ގުޅުވައިގެން މިއަދު ހަވީރު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާނެއެވެ. އެގޮތުން ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކާއި ސްކޫލް ކުދިންގެ ސަގާފީ އައިޓަމްތައް ޖުމްހޫރީ މައިދާން ސަރަހައްދުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ އިނގިރޭސީންގެ ޙިމާޔަތުން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

އައްސޭރި ޖަލުގައި ބިނާކުރި ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ ހުޅުވައިފި

އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ އެއަރޕޯޓް: ރައީސް

މާޅޮހުގެ ފަޅުގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި 2 ބިދޭސީއަކަށް އަނިޔާވެއްޖެ

ހުރިހާ ކަމަކަށްވުރެ އިސްކުރަންވީ ޤައުމު: ރައީސް

ELL Mobile Advertisement TTH_advertisement