ކުއްލި ޚަބަރު

ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަށް ނަގަން މިއަދު ފަށާނެ

އެމްބިއުލާންސްއަށް ޖާގަނުދިން ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

އެމްބިއުލާންސަށް ދިޔަނުދީ މަގު ބްލޮކްކޮށްގެން މުދާ ބާލަން މަޑުކުރި ޕިކަޕް ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

މިނިވަން ދުވަހުގެ ހަަރަކާތްތަކާއި ގުޅިގެން ތިން ދުވަހެއްގައި ވެހިކަލް މަނާ ގަޑިތަކެއް ކަނޑައަޅައިފި

މިނިވަން ދުވަހުގެ ހަަރަކާތްތަކާއި ގުޅިގެން ތިން ދުވަހެއްގައި ވެހިކަލް މަނާ ގަޑިތަކެއް ކަނޑައަޅައިފި އެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ވަނީ އެކަން މިއަދު ހާމަކޮށްފަ އެވެ. އެ ގޮތުން މާދަމާ އިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ބައެއް ވަގުތުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ގުޅިގެން 2025 ޖުލައި 25، 26 އަދި 27 ގައި ގިނަ ހަރަކާތްތަކެއް ގްރޭޓާ މާލެ ސަރަހައްދުގައި ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ކަަމަށެވެ. އަދި މި ހަރަކާތްތައް ކުލަގަދަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށާއި އަދި ސެކިއުރިޓީ މަސައްކަތަށް ފަސޭހަކުރުމަށް ވަކި ވަގުތުތަކެއްގައި މާލޭގެ މަގުތަކުގައި އުޅަނދުތައް ދުއްވުން މަނާ ވަގުތެއްކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން ޖުލައި 25 ވަނަ ދުވަހު ބަރު އުޅަނދުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު މެންދުރު 1:00 އިން އިރޮއޮއްސި 6:00 އަށް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

އަދި މިނިވަން ދުވަސް ކަމަށްވާ ޖުލައި 26 ވަނަ ދުވަހުގެ ހަވީރު 3:00 އިން 6:30 އަށް ހުރިހާ ބާވަތެއްގެ އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފަ އެވެ.

މީގެ އިތުރުން ޖުލައި 27 ވަނަ ދުވަހު ބަރު އުޅަނދުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު, އިރޮއޮއްސި 6:00 އިން މެންދަމު 12:00 އަށް ދުއްވުން ވެސް ވަނީ މަނާކޮށްފަ އެވެ.

އެ މިނިސްޓްރީން ވަނީ މި ވަގުތުތަކުގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދުއްވޭނެ އުޅަނދުތައް ވެސް ކަނޑައަޅާފަ އެވެ. އެއީ;

* ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު

* އެމްބިއުލެންސް

* ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ހިދުމަތަށް ބޭނުންކުރާ އުޅަނދުތައް

އެ ނޫން އެހެން އުޅަނދުތައް އެ ވަގުތުތަކުގައި ދުއްވައިފިނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

vehicle

ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަށް ނަގަން މިއަދު ފަށާނެ

އެމްބިއުލާންސްއަށް ޖާގަނުދިން ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

RTL

ފ އަދި ދ އަތޮޅުގެ އާރުޓީއެލް ފެރީގެ އަގުތައް ޢާންމުކޮށްފި

009

ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

TTH_advertisement