ކުއްލި ޚަބަރު

ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލައި މީހަކު ނިޔާވެއްޖެ

މާވަށުގައި މަރާލި މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވައިފި

ބަނޑަށް ޖެހިފައިވާ ޣައްޒާގެ ރައްޔިތުން: ފެންފޮދެއްވެސް ނުލިބޭ!

ބުޅަލަށް އަނިޔާނުކުރުމަށް އިލްތިމާސްކޮށްފި

މާލޭގެ މަގުތަކުގައި އުޅޭ ބުޅަލަށް އަނިޔާކޮށް ނުމެރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވިދާޅުވީ މިހާރަކަށް އައިސް މާލޭގެ މަގުތަކުގައި ވީއްލިގެން އުޅޭ ބުޅާތަކަށް ބައެއް ފަރާތްތަކުން ގޯނާކޮށް ހާނިކަކުރުމުގެ އިތުރުން އެސޮރުމެން މަރާކަމުގެ ޝަކުވާތައް ލިބެމުންދާކަމަށެވެ. އަދި މިއީ ޖަނަވާރުގެ ދުޅަހެޔޮކަމުގެ މިންގަނޑުތަކާ ޚިލާފު އަމަލަކަށްވާތީ އެކަން ނުކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވީ ޖަނަވާރުގެ ދުޅަހެޔޮކަމުގެ މަހްފޫމަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގެންފައިވާ ޖަނަވާރަށް ލިބިގެންދާ ފަސް މިނިވަންކަމެކެވެ. އެއީ ހައިހޫނުކަމާއި، ކަރުހިއްކުމާއި، ކާޑުބަލިން މިންޖުވުމުގެ މިނިވަންކަމާއި ބިރުގަތުމާއި، ހާސްވުމާއި، ކަންބޮޑުވުމުގެ މިންޖުވުގެ މިނިވަންކަމާއި އަދި ޖިސްމާނީ ގޮތުން އަރާމުނުލިބުމުން މިންޖުވުމުގެ މިނިވަންކަންކަމަށެވެ.

މީގެ އިތުރުން ވޭނާއި، ހާނިކައާއި، ބަލިން މިންޖުވުމުގެ މިނިވަންކަން އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އޭޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަންކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

އެ ވުޒާރާއިން ވިދާޅުވީ ރާއްޖެއިން ބައިވެރިވެފައިވާ ދުނިޔޭގެ ޖަނަވާރުގެ ސިއްހަތާބެހޭ ޖަމިއްޔާގެ އެނިމަލް ހެލްތު ކޯޑުގައި ޖަނަވާރުގެ ދުޅަހެޔޮކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީފައިވާކަމަށެވެ. އަދި ދަނޑުވެރިކަމަށާއި މުނިފޫހިފިލުވުމަށާއި އެ ނޫން ވެސް ބޭނުންތަކަށް ޖަނަވާރު ގެންގުޅުމުގައި ދުޅަހެޔޮކަން ކަށަވަރުކުރަން ޖެހޭ ކަމަށެވެ.

އޮޅުކޮށް އެކުގައި ގެންގުޅޭ ޖަނަވާރަކީ ވަކި ބާވަތެއްގެ ކާނާދީގެން ޖަނަވާރު އުޅުމުގެ ސުލޫކު ވަކި ގޮތަކަށް ބައްޓަން ކޮށްގެން އަޅައިލުމާއި ލޯބި ދީގެން ހޭހަންކޮށްގެން ގެންގުޅޭ އެއްޗަކަށްވާތީ މަގުމައްޗަށް ދޫކޮށްލުމުން އެ ސޮރުމެންނަށް ލިބެމުންދިޔަ އަޅައިލުމާއި ލޯބިން މަހުރޫމްވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި އޭގެ ނަތީޖާއަކަށްވަނީ ކަންބޮޑުވުމާއި ހިތްދަތިކަން އިހުސާސްކުރަން ޖެހުމުގެ އިތުރުން ކާނާ ނުލިބުމާއި އުޅެމުންދިޔަ އަމާން އަރާމު ވެށި ގެއްލުމުގެ ސަބަބުން އިންސާނުންނާ ދޯޅުވެ، ގާތުގައި އުޅުންކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވީ އެފަދަ ޖަނަވާރަކީ އިންސާނުންނާއެކު އެމީހުންގެ ވެށީގައި ދިރިއުޅޭ، ބުއްދިއެއްނުވާ އެއްޗަކަށްވާތީ ވަރަށް ގިނަ ފަހަރު އެސޮރުމެންގެ ކިބައިން އިންސާނުންނަށް އުނދަގޫތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެފަދަ ހާލަތްތަކުގައި އެސޮރުމެންނަށް ހާނިއްކަކުރުމަކީ އިންސާނިއްޔަތުކަމުގެ ގޮތުން ބަލާއިރު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައިވެއެވެ.

ދުނިޔެއަކީ އިންސާނުންނާއި ޖަނަވާރުންނަށް ވެސް އުޅެން އޮތް ތަނަކަށްވާއިރު ހުރިހާ ޖަނަވާރަކަށް ވެސް ރައްކާތެރި، ރަނގަޅު ތަނަކަށް ހެދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ބާރު އަޅާ ކަމެއް ކަމަށް ޖަނަވާރުންނާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ. އެ ވުޒާރާއިން ވިދާޅުވީ މާލެ ސިޓީގެ މަގުތަކުގައި ވީއްލިގެން އުޅޭ ބުޅާތަކަށް ރައްކާތެރި މާހައުލެއް ހޯދާދިނުމަށް ހެދި އޮޅުހިޔާއަށް ބުޅާތައް ގެންދިޔުމުގެ މަސައްކަތް އެވުޒާރާއިން ކުރަމުންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

police

އަނެއްކާވެސް ގެދޮރުވެރިޔާ ސްކީމާ ގުޅޭ ސްކޭމެއް: ސަމާލުވޭ!

ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލައި މީހަކު ނިޔާވެއްޖެ

އެސްޓީއޯގެ ފިޔާ ޝިޕްމަންޓް ބާޒާރަށް ނެރެ، ވިއްކަން ފަށައިފި

mdp

އެމްޑީޕީގެ ކޮންގްރެސް ކައުންސިލް އިންތިހާބަށްފަހު ބާއްވާގޮތަށް ނިންމައިފި

TTH_advertisement ELL Mobile Advertisement