ސްޓޫޑަންޓް ލޯނަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމާ ހުރިހާ ފަރާތްތަކަށް ލޯނު ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
އެކްސްގައި ރައީސް މުއިއްޒު މިރޭ ވިދާޅުވީ ލޯނަށް ޝަރުތު ހަމަވި އެންމެންނަށް ވެސް އެ ފުރުސަތު ދޭން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް އަންގަވާފައިވާނެ ކަމަށެވެ.
ސަރުކާރުން ކުރިން ނިންމީ 500 މީހުންނަށް ސްޓޫޑަންޓް ލޯން ދިނުމަށެވެ.
ސްޓޫޑަންޓް ލޯނަށް އެދި 1،338 މީހުން ހުށަހަޅާފައިވާއިރު، އޭގެތެރެއިން ޝަރުތު ހަމަވެފައިވަނީ 806 މީހުންނެވެ.
ރައީސް ވަނީ ސްޓޫޑަންޓް ލޯން އިސްލާމީ ޝަރީއާގެ އުސޫލުގެ ތެރެއިން ދިނުމަށް ވެސް މީގެކުރިން ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ.
ކިޔުންތެރިންގެ ހިޔާލު