ކުއްލި ޚަބަރު

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ކްރިޕްޓޯއާ ގުޅުންހުރި ކުށްތައް ތަހުގީގުކުރުމަށް އިންޓަޕޯލްގެ ތަމްރީނު ޕްރޮގްރާމެއް ރާއްޖޭގައި ކުރިއަށް ގެންގޮސްފި

ކްރިޕްޓޯ ކަރަންސީއާ ގުޅުންހުރި މާލީ ކުށްތައް ތަހުގީގުކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ މަޤްސަދުގައި، އިންޓަޕޯލްގެ ފަރާތުން ރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 20 އިން 21 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮގްރާމް ބާއްވާފައިވަނީ އިންޓަޕޯލްގެ ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރު (IFCACC) ގެ އޮޕަރޭޝަނަލް ސަޕޯޓް ޓީމުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަމާބެހޭ ބަޔާތަކުގެ އިތުރުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 28 ބައިވެރިން މި ތަމްރީނުގައި ބައިވެރިވެފައިވެއެވެ.

މި ތަމްރީނު ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް ބްލޮކްޗެއިންގެ އަސާސީ ހުނަރުތަކާއި، ބިޓްކޮއިން (Bitcoin) އަދި އެތީރިއަމް (Ethereum) ފަދަ ކްރިޕްޓޯ ކަރަންސީތައް ބޭނުންކޮށްގެން ކުށްތައް ހިންގާ އާންމު ގޮތްތަކުގެ މައްޗަށް މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން، ކްރިޕްޓޯ ކަރަންސީގެ ސަބަބުން ތަހުގީގުތަކަށް ދިމާވާ މައިގަނޑު ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ތަހުގީގުތައް ބައްޓަން ކުރަންވީ ގޮތުގެ މައްޗަށްވެސް ތަމްރީނު ދެވިފައިވެއެވެ. މި

ޕްރޮގްރާމުގައި މައުލޫމާތު ދެއްވާފައިވަނީ އިންޓަޕޯލްގެ ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރުގެ ކްރިޕްޓޯ ކަރަންސީގެ މާހިރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

401488 728dbdff 0

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

Badhuru

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

Mal

ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި

TTH_advertisement