ކުއްލި ޚަބަރު

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޓީޓީއެމްގެ ބޭންކިންގ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފި

ޓްރެވެލް ޓްރޭޓް މޯލްޑިވްސްގެ ބޭންކިންގ ޕާރޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ދިވެހިރާއްޖޭގެ ލީޑިން ޓްރެވެލް ޓްރޭޑް ޝޯ، ޓީޓީއެމް އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތައް އަގުވަޒަންކުރާ އިވެންޓެކެވެ. އަންނަމަހުގެ 27 އަދި 28 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ޓީޓީއެމްގެ 9 ވަނަ އެޑިޝަންގައި ޓީޓީއެމް އެވޯޑްސް ނައިޓާއި ގާލާ ނައިޓް އަދި ޓީޓީއެމް ކަނެކްޓް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ބީއެމްއެލްގެ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިމަގު ބައްޓަން ކުރުމުގައި ބީއެމްއެލް އަކީ މުހިއްމު ބައިވެރިއެއްކަމަށާއި މި ސިނާއަތް ކުރިއެރުވުމަށް ބޭންކުން އަހުމިއްޔަތުކަމެއް ދޭކަމަށެވެ.

ދިވެހި އިޤްތިސާދު ކުރިއެރުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ފަތުރުވެރިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ބީއެމްއެލްގެ އިތުބާރުކުރެވޭ މާލީ ޚިދުމަތްތަކާއެކު ޓްރެވެލް އެކްސްޕީރިއަންސް އިތުރަށް ރަނގަޅު ކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިވުމަކީ ބޭންކަށް ލިބޭ ފަރުޚުރެއްކަމަށެވެ.

ގައުމީ ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލްއިން ދަނީ އެކި ގޮތްގޮތުން ފަތުރުވެރިކަމުގެ ދާއިރާ އަށް އެހީތެރިވަމުންނެވެ. މީގެ ތެރޭގައި ރިސޯޓް އަދި ގެސްޓްހައުސް ފަދަ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ބޭނުންވާ ޒަމާނީ މާލީ ޚިދުމަތްތައް ދިނުމާއި ސްޓްރެޓްޖިކް ޕާޓްނާޝިޕް ގާއިމުކޮށް މި ދާއިރާ ކުރިއެރުވުމަށް ކުރެވޭ އެކިއެކި މަސައްކަތްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml card

ބީއެމްއެލް ކްރެޑިޓް ކާޑުން ޑޮލަރު ލިބޭ މިންވަރު މިއަދުން ފެށިގެން އިތުރުވަނީ

ބީއެމްއެލްގެ “އެފޯޑަބަލް” 3،000 ފްލެޓް 2028 ވަނަ އަހަރުގެ މެދުތެރޭގައި ހަވާލުކުރަން ފަށާނެ: ޝަރީފު

WhatsApp Image 2026 01 31 at 13.54.42

ބޭންކް އޮފް މޯލްޑިވްސް އިން ކުޑަހުވަދޫގައި އާ ބްރާންޗެއް ހުޅުވައިފި

87

ބޭންކް އޮފް މޯލްޑިވްސް އިން ސްވައިޕްގެ ލިމިޓެޑް ރިލީޒްއަށް ރެޖިސްޓްރޭޝަން ހުޅުވާލައިފި

TTH_advertisement