ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި އަންހެނެއްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އައްޑޫ ހިތަދޫ، ލޫޒަން، އާލާ އިބްރާހީމް ރަޝީދު، ކަމަށެވެ.
އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.
ކްރިމިނަލް ކޯޓުން ޢާލާގެ ބަންދަށް މުއްދަތު ޖެހީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ ކުށް ތަކުރާރުވުމުގެ ފުރުސަތު ބޮޑު ކަމަށް ފެންނާތީ އާއި ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ބުނެއެވެ.
ފުލުހުން ކޯޓުގައި ބުނެފައިވަނީ އާލާގެ މައްޗަށް ތުހުމަތު ކުރެވޭ މި ބާވަތުގެ އިތުރު މައްސަލަތަކެއްގެ ތަހުގީގުވެސް ކުރިއަށްދާކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު